ހުސްނުވާ އާސަންދައިގެ ހިދުމަތް ރާއްޖެއިން ބޭރުން ނުލިބޭ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު މައުލޫމާތުތަކެއް ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އާސަންދައިގެ ދަށުން މިހާރުވެސް ރާއްޖެއިން ބޭރަށް ފަރުވާއަށް މީހުން ފޮނުވަމުންދާ ކަމަށެވެ. އަދި އިއްޔެވެސް ގިނަ ބަޔަކު ބޭސްފަރުވާއަށް އާސަންދައިގެ ދަށުން ދިޔަ ކަމަށެވެ.
ރާއްޖެއިން ލިބިގެން ނެތް ފަރުވާތަކަށް އާސަންދައިގެ ދަށުން ސްރީލަންކާގެ ސިއްހީ ހިދުމަތްދޭ ނުވަ ތަނަކުން ލިބޭ އިރު އިންޑިއާގެ 28 ތަނަކުން ހިދުމަތް ލިބެ އެވެ
ބައެއް ފަހަރު އާސަންދައިން ނުވަތަ އެންސްޕާއިން އަންނަނީ އާސަންދަ ހިދުމަތް ނުލިބޭ ރާއްޖެއިން ބޭރުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ފަރުވާ ހޯދާ މީހުންނަށްވެސް އެހީވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް