މިޔަންމާގެ ސަރުކާރުން ރޮހިންޖާ މުސްލިމުން މަރަމުން އަންނައިރު އެ ގައުމަށް ހަތިޔާރު ސަޕްލައި ކޮށްދޭ ގައުމުތަކުގެ ތަފްސީލް ދައްކުވައިދޭ އިންފޯގްރެފިކްސް އެއް އަލްޖަޒީރާއިން އާންމުކޮށްފި އެވެ.
އެ އިންފޯގްރެފިކްސް އަށް ބަލާލާއިރު 1999 އިން 2016 އާއި ދެމެދު މިޔަންމާއަށް ހަތިޔާރު ސަޕްލައި ކޮށްދީފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާ، ރަޝިޔާ، އިންޑިއާ، އިޒްރޭލު އަދި ޔޫކްރޭން އެވެ.
އަލްޖަޒީރާއިން އާންމުކޮށްފައިވާ އިންފޯގްރެފިކްސްގެ މަސްދަރަކީ ސްޓޮކޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް