މިޔަންމާގެ ސަރުކާރުން ރޮހިންޖާގެ މުސްލިމުންނަށް ދެމުން އަންނަ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް ލ ފޮނަދޫގައި ހިނގާލުމެއް ކުރިއަށް ގެންގޮސްފި އެވެ.
މި ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހަވީރު 04:30 އިން 06:00 އަށެވެ. މިއީ ފޮނަދޫ ކައުންސިލާއި ފޮނަދޫގެ މުއައްސަސާތަކުން ގުޅިގެން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ. ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ ލާމު ލިންކްރޯޑުގަ އެވެ. ފޮނަދޫ ކައުންސިލް ކުރިމަތިން ފެށި ހިނގާލުން ނިންމާލާފައިވަނީ ފޮނަދޫ ބަނދަރުގައި ހުންނަ ސްޓޭޖް ސަރަހައްދަށެވެ.
މި ހިނގާލުމުގައި ގާތްގަނޑަކަށް 2000 މީހުން ބަރިވެރިވެފައިވާއިރު ހިނގާލުމުގެ ބައިވެރިން ގާތްގަނޑަކަށް ތިން ކިލޯމީޓަރަށް ހިނގާފައި ވެ އެވެ. ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ ބެނާތަކާއި ޝުއޫރުތައް ހާމަކޮށްދޭ ބޯޑުތަކާއެކުގަ އެވެ.
ހިނގާލުން ނިންމާލާފައިވަނީ ސްޓޭޖް ސަރަހައްދުގައި، ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ފަންޑު ފޮށްޓެއް ހުޅުވުމަށް ފަހުގަ އެވެ. ފަންޑު ފޮށި ހުޅުވާފައިވަނީ ހާއްސަ ދުއާއަކަށް ފަހުގަ އެވެ.
ފަންޑު ފޮށި ހުޅުއްވައިދެއްވީ ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް އެވެ. ފޮނަދޫގެ އެކި މުއައްސަސާތަކުންނާއި ފޮނަދޫ ރައްޔިތުން މި ފަންޑުފޮށި މެދުވެރިކޮށް ރޮހިންޖާ މުސްލިމުންނަށް އެހީވަމުން އަންނައިރު މި ފަންޑު ފޮށި މި އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް ހުންނާނެ ކަމުގައި ފޮނަދޫ ކައުންސިލުން މައުލޫމާތު ދެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފޮނަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މާދަމައިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ލާމު އަތޮޅު ތައުލީމީ މަރުކަޒުގައި، ފަންޑު ފޮށި ބެހެއްޓިފައި ހުންނާނެ ކަމަށެވެ. އެހީވުމުގެ ފުރުސަތު މި ދުވަސްތަކުގެ ހެނދުނު 07:00 އިން ހަވީރު ހުޅުވާލެވިފައިވާކަމުގައިވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް