ސަލްމާން ހާން އާއި އެކު "ރޭސް 3" ގެ ލީޑް ރޯލުން ފެނިގެންދާ ޖެކޮލިން ފަނޭންޑަޒްއަށް ފިލްމު "ކިކް 2" ކުޅެން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި "ކިކް 2" އަށް ޖެކޮލިން ސޮއި ކުރީ "ރޭސް 3" ގެ މަސައްކަތް ފެށުމުގެ ކުރިންނެވެ. "ރޭސް 3" ގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެ ފިލްމުގައިވެސް މި ދެތަރިން ފެނިގެންދާތީ "ކިކް 2" ގެ ޑައިރެކްޓަރު ވަނީ ސަލްމާން އާއި އެކު ފިލްމުގައި ފެންނަ އެކްޓްރެސް ބަދަލު ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
އަދި ޖެކޮލިންގެ ބަދަލުގައި "ކިކް 2" ކުޅުމަށް ދިޕިކާ ޕަދުކޮން އާއި އެކު އެއްބަސްވުމަކަށް ވަނީ އައިސްފަ އެވެ. މިއި ދިޕިކާ އާއި ސަލްމާން ހާން އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. ދިޕިކާ ބުނެފައިވަނީ އެ ދެ ތަރިންނަށް އެކުގައި ފިލްމެއް ކުޅެން ލިބިފައި މިވަނީ ވަރަށް ދިގު އިންތިޒާރަކަށް ފަހު ކަމަށެވެ.
"ރޭސް 3" އާއި "ކިކް 2" ގައިވެސް ލީޑް ރޯލުން ފެނިގެންދާ އެކްޓަރަކީ ސަލްމާން ހާނެވެ. "ކިކް 2" ގެ އެކްޓްރެސް ބަދަލު ކުރި އިރު "ރޭސް 3" ސަލްމާނަށް ލިބިފައި މިވަނީ ކުރިން ސައިފް އަލީ ހާން އެ ރޯލް ކުޅޭ ގޮތަށް ހަމަޖެހިފައި އޮތުމަށް ފަހު އެވެ.
ސައިފް އާއި ހަވާލާދީ މީޑިއާގައި ބުނެފައިވަނީ އެ ފިލްމު ސަލްމާން ކުޅޭގޮތަށް ހަމަޖެހުނީ ރޭސް ގެ ކުރީ ދެ ފިލްމާއި އެއްވެސް ގުޅުމެއް ނެތް ގޮތަށް ރޭސްގެ ތިން ވަނަ ބައި ކުރިޔަށް ގެންދަ ނިންމުމުންނެވެ. އެހެންވެ ފިލްމުގެ ލީޑްރޯލް ކުޅޭ ތަރިންވެސް ބަދަލު ކުރަން ޕްރޮޑަކްޝަން ޓީމުން ނިންމީ ކަމަށާއި ސަލްމާނަށް ލީޑް ރޯލު ކުޅެން ލިބުމުން އެކަމާ އުފާ ކުރާ ކަމަށެވެ.
ރޭސް 3 ރިލީޒް ކުރާ ތާރީހު އަދި ހާމަ އެއް ނުކުރެ އެވެ. ކިކް 2 ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް