އައްޑޫ ސިޓީ ހިތަދޫގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުކުރެވި ގޮސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
އައްޑޫ ނޫހެއް ކަމަށްވާ އައްޑޫލައިވްގައި ބުނެފައިވަނީ އެކްސިޑެންޓްވީ ލައިސަންސް ނެތް ކުއްޖަކު ދުއްވި ސައިކަލެއް ކަމަށާއި ކޮންޓްރޯލުން ނެއްޓިގެން ގޮސް މައިތިރިވީ މަގުގެ އެއްފަރާތުގައި ބަހައްޓާފައިހުރި ގަސް ވަށިގަނޑެއްގައި ޖެހިގެން ކަމަށެވެ.
އެ ކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މިވަގުތު ފަރުވާ ދެމުން އަންނައިރު ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް