ހުޅުމާލެއިން މާލެ ގެނައުމަށް ތާޒާ ފެންކޭސްތަކެއް ބަރުކޮށްގެން މާލެ ފުރި ދޯންޏަކުން ކަނޑަށް ފެންކޭސްތަކެއް އެޅިއްޖެ އެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބުރާހިމު ފަޒުލު ރަޝީދު ވިދާޅުވީ ފެންކޭސްތައް ކަނޑަށް އެޅެން ދިމާވީ ބާރު ސްޕީޑްގައި ދިޔަ ދެ ލޯންޗެއްގެ ރާޅުބާނީގައި ޖެހި ދޯނި އަރިއަޅާލުމުން ކަމަށެވެ.
ފަޒުލު އިތުރަށް ވިދާޅުވިދާޅުވެފައިވަނީ ކަނޑަށް އެޅުނު ހުރިހާ ފެން ކޭސްތައް އެ ކުންފުނީގެ މުވައްޒަފުން މިހާރު ނަގާފައިވާ ކަމަށާއި ކަނޑަށް އެޅުނީ ކިތައް ފެން ކޭސްކަން ދަންނަވަން ދަތި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް