ސިޔާސީ އިދިކޮޅު ޕާޓީ އެމްޑީޕީ އިން ރާއްޖޭގެ ރަށްރަށަށް ގުޅައި، އެ ރަށްރަށުގެ ރައްޔިތުންގެ ހާލަތު އޮޅުން ފިލުވަން ފަށައިފި އެވެ.
އެމްޑީޕީން ބުނީ އެގޮތުން ޕާޓީގެ ލީޑާރޝިޕްގެ ފަރާތުން ށ.އަތޮޅުގެ ކައުންސިލަރުންނަށް ފޯން ކޮންފަރރެންސް މެދުވެރިކޮށް މިއަދު ގުޅައި ރައްޔިތުންނާއި ރަށްރަށުގެ ހާލަތު އޮޅުންފިލުވާފައި ވާކަމަށެވެ.
"މިއަދުގެ ފޯން ކޮންފަރރެންސްގައި ޕާޓީގެ ފަރާތުން ބައިވެރިވެލެއްވީ ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް އާއި ޗެއާރޕާރސަންގެ ނައިބު އަލީ ޝިޔާމް، މި ބައްދަލުކޮށްލެއްވުމުގައި އެކި ރައްރަށުގައި މިހާރު ހިނގަމުންދާ ކަންކަމާއި ރަށަށް ބޭނުންވެފައިވާ ކަންކަންވެސް އޮޅުން ފިލުވާހަދާފައިވޭ" އެމްޑީޕީން ބުނެ އެވެ.
އެ ޕާޓީން ބުނީ މުޅި ރާއްޖެ ޝާމިލުވާ ގޮތެއްގައި އެމް.ޑީ.ޕީގެ ހަރަކާތްތަށް ހިންގުމަށް ރޭވިފައިވާ މިދަނޑިވަޅުގައި ގިނަ ރަށްރަށުގެ ނުހަނު ބޮޑު ތާއީދު ލިބެމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް