ޖޯން ސްނޯ  އެނބުރި ގޭމް އޮޕް ތްރޯންސްއަށް!؟؟!

ގޭމް އޮޕް ތްރޯންސްގެ ބެލުން ތެރިންގެ ހިއްތައް ފުނޑު ފުނޑުވީ ނިމިގެން ދިޔަ ސީޒަންގެ ފަހު އެޕިސޯޑުގައި ޖޯން ސްނޯ މަރުވުމުންއެވެ. ގޭމް އޮފް ތްރޯންސްގެ ފަސް ވަނަ ސީޒަން ނިމުމާއެކު ބެލުންތެރިންއާއި މުނިފޫހ...

16 Sep 2015 | 07:58

ގޭމް އޮޕް ތްރޯންސްގެ ބެލުން ތެރިންގެ ހިއްތައް ފުނޑު ފުނޑުވީ ނިމިގެން ދިޔަ ސީޒަންގެ ފަހު އެޕިސޯޑުގައި ޖޯން ސްނޯ މަރުވުމުންއެވެ. ގޭމް އޮފް ތްރޯންސްގެ ފަސް ވަނަ ސީޒަން ނިމުމާއެކު ބެލުންތެރިންއާއި މުނިފޫހިފިލުވާ މަޖައްލާތަކުގައި އެންމެ ފޯރީގައި ދެކެވެމުން ދިޔަ ވާހަކައަކީ ޖޯން ސްނޯ އަށް ދެންވާނެ ގޮތަކާއި މެދުގައެވެ. ގިނަ ބެލުންތެރިންތަކެއް ޖޯން ސްނޯ އެނބުރި އަދި އަންނާނެ ކަމަށް ބުނަމުން ދިޔަ އިރު ޖޯން ސްނޯ މަރުވުމުން ދެން އެ ސީރީސް ނުބަލާނަމޭ ބުނަމުން ދިޔަ ބެލުންތެރިންވެސް މަދެއްނޫނެވެ.

ކޮންމެއަކަސް ގޭމް އޮފް ތްރޯންސްގައި ޖޯން ސްނޯ އަށް ވާނެ ގޮތަކާއި މެދު ކުރެވެމުން ދިޔަ ސުވާލުތަކާއި ވާހަކަތަކަށް ނިމުމެއްގެނުވީ  އެޗްބީއޯ އަށް ޖޯން ސްނޯގެ ބައި ކުޅެދޭ ތަރި ކިޓް ހެރިންގްޓަން ދިން އިންޓަރވިއުއެއްގައެވެ. މި އިންޓަރވިއުގައި ހެރިންގްޓަން ދިރިއުޅުމުގައި ގެމް އޮފް ތްރޯންސް ގެ މުހިންމުކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ހެރިންގްޓަން ބުނެފައިވަނީ އެ ސީރީސް ކުޅެން ހެރިންގްޓަން ހަދާފައިވާ ކޮންޓްރެކްޓްގެ ދިގުމިން ހެރިންގްޓަންއަށް އެނގޭކަމަށެވެ. މިހެން ބުނުމުން އިންޓަރވިއު ކުރަން އިންމީހާ އަދި އިތުރު ކިތަށް ސީޒަން ކުޅޭނަންތޯ އެހުމުން ހެރިންގްޓަން ބުނީ އެސުވާލަށް ޖަވާބުދެވެން ނެތްކަމަށާއި އެކަމަކު އަދިވެސް ގޭމްސް އޮފް ތްރޯންސްއިން އޭނަ ފެންނާނެކަމަށެވެ. އަދި އިތުރަށް ބުނެފައިވަނީ ގެމް އޮފް ތްރޯންސް ކުޅުން ހުއްޓާލާއިރު ހެރިންގްޓަންގެ އުމުރުން އުޅޭނީ ތިރީހުގެ އަހަރުތަކުގައި ކަމަށާއި އަދި އޭގެ ފަހުން ފިލްމް ކުޅުން ހުއްޓާލާނެ ކަމަށް ވެސް ހެރިންގްޓަން ބުންޏެވެ. ހެރިންގްޓަން މިހެން އިންޓަވިއުއެއްގައި ބުނެފައި މިވަނީ މި ސީރީސްގެ ސީޒަން ހައެއް ގެ ސޫޓިންއެއް ހިނގަމުންދާ  ބެލްފާސްޓުން ހެރިންގްޓަން ފެނިފައިވާ ދަޑިވަޅެއްގައެވެ.

ކޮންމެއަކަސް މިހާރު މިފެންނަމުންދާ މަންޒަރުތަކާއި އިވެމުންދާ އަޑުތަކާއި ދެކެވެމުންދާ ވާހަކަ ތަކުން  ޖޯން ސްނޯ މަރުވީ ކަން ނުވަތަ ނުވާކަން ނޭނގުނަސް ، އަދިވެސް ޖޯން ސްނޯ ގޭމް އޮފް ތްރޯންސް އިން ފެނިގެންދާނެކަމުގެ ޔަގީންކަން މިވަނީ ލިބިފައެވެ. މިހާރު އުފެދޭ ސުވާލަކީ ޖޯން ސްނޯ އެނބުރި އަންނާނީ ކިހިނެތްތޯއާއި އަދި ގޭމް އޮފް ތްރޯންސް އިން އިތުރަށް ފެންނާނީ ކިހާ ދުވަހެއް ވަންދެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް