ސާފް ސުޒުކީ ކަޕް: ދިވެހިރާއްޖެއާއި އަފްގާނިސްތާން އެއް ގުރޫޕަކަށް

އަންނަ ޑިސެންބަރ މަހު އިންޑިއާގެ ޓްރިވެންޑްރަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ސުޒުކީ ކަޕްގެ ގުރުއަތުލުމުގައި ދިވެހި ރާއްޖެއާއި އެންމެފަހުގެ ޗެމްޕިއަނުން އަފްގާނިސްތާން އެއް ގުރޫޕެއްގައި ލައްވާލައ...

16 Sep 2015 | 07:49

އަންނަ ޑިސެންބަރ މަހު އިންޑިއާގެ ޓްރިވެންޑްރަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ސުޒުކީ ކަޕްގެ ގުރުއަތުލުމުގައި ދިވެހި ރާއްޖެއާއި އެންމެފަހުގެ ޗެމްޕިއަނުން އަފްގާނިސްތާން އެއް ގުރޫޕެއްގައި ލައްވާލައިފިއެވެ.

ގުރޫޕް ބީ ގައި ރާއްޖެ އޮތްއިރު، މި ގްރޫޕްގައި އަފްގާންގެ އިތުރުން ރާއްޖެއާއިއެކު ދެން ހިމެނެނީ ބޫޓާން އަދި ބަންގްލަދޭޝްއެވެ. ގުރޫޕް އޭ ގައި ހިމެނެނީ ވަރުގަދަ އިންޑިއާގެ އިތުރުން ނޭޕާލް، ޕާކިސްތާން އަދި ޝްރީލަންކާއެވެ.

ސާފް ސުޒުކީ ކަޕް ފުރަތަމަ ބޭއްވުމަށް ކަނޑައެޅިފައި އޮތީ މިއަހަރުގެ ޖޫން މަހުގައި ކަމަށްވީނަމަވެސް މޫސުމަށް ބެލުމަށްފަހު މުބާރާތް އިންތިޒާމްކުރާ ފަރާތުންވަނީ މުބާރާތް ޑިސެންބަރަށް ރީ ޝެޑިއުލް ކޮށްފައެވެ.

11 ވަނަ ސާފް ސުޒުކީ ކަޕުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު ޑިސެންބަރ މަހުގެ 24 ގައި ކުޅޭނީ ބޫޓާނާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް