ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ހޯދަން އިއުލާނުކުރީ ޏ. ފުވައްމުލަކު، މިސްކިތްމަގު، ބޯވެލިގެ، މަރްޔަމް ޢަބްދުﷲ (38އ) އެވެ. އޭނާ އަކީ ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން، އުޅޭ ވަކި އެޑްރެހެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
މަރްޔަމް ޢަބްދުﷲ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ ހޯރަފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792707 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް