ފޯނު ނުނެގުމުން އައި ރުޅީގަ އަންހެނުންގެ ނޭފަތް ކާލައިފި !

އަންހެނުންނަށް ގުޅާ ގުޅާ ފޯނު ނުނަގައިގެން ރުޅި އާދޭތޯއެވެ؟ ރުޅި އަންނަ ފަހަރުވެސް އާދެއެވެ. ނަމަވެސް ނޭފަތުގައި ދަތްއަޅާ ނޭފަތް ކާލާ ވަރަށް ރުޅި އައި މީހެއް މިފެނުނީ ފުރަތަމަ ފަހަރަށެވެ. ޗައިނާގެ ނޯރ...

16 Sep 2015 | 07:11

އަންހެނުންނަށް ގުޅާ ގުޅާ ފޯނު ނުނަގައިގެން ރުޅި އާދޭތޯއެވެ؟ ރުޅި އަންނަ ފަހަރުވެސް އާދެއެވެ. ނަމަވެސް ނޭފަތުގައި ދަތްއަޅާ ނޭފަތް ކާލާ ވަރަށް ރުޅި އައި މީހެއް މިފެނުނީ ފުރަތަމަ ފަހަރަށެވެ.

ޗައިނާގެ ނޯރތްވެސްޓް ސްޓޭޓެއް ކަމަށްވާ ޑީޒޯގައި ދިރިއުޅުނު ދެމަފިރިންގެ ދެމެދުގައި ހިނގާދިޔަ ހާދިސާ ކިޔާދެމުން އަނބި މީހާ ބުނީ އޭނާގެ ފިރިމީހާ ރޭގަނޑުގެ ޑިއުޓީ ނިންމުމަށްފަހު އާދައިގެ މަތިން އޭނައަށް ގުޅި ކަމަށެވެ. ނަމަވެސް ވަރުބަލި ވެފައި އޮތުމުގެ ސަބަބުން އޭނާ ފޯނަށް ޖަވާބު ނުދިނީ ކަމަށެވެ.

ފިރިމީހާ އަނެއްދުވަހު ގެއަށް އައިއިރު ހުރީ އިންތިހާ ރުޅިގަދަ ވެފައިކަމަށް އަނބިމީހާ ކިޔާދިނެވެ. މި މައްސަލާގައި ފެށި ޒުވާބު ހޫނުވެ، ފިރިމީހާ އައި ރުޅީގައި އަނބިމީހާ ގައިގައި ހިފަހައްޓާ ނޭފަތުގައި ދަތް އަޅާ ނޭފައި ކާލީކަމަށް އަނބިމީހާ ބުނެފައިވެއެވެ.

ޖިނާން ސްޓޭޓްގައި ހުރި ހޮސްޕިޓަލަކުން އަނބިމީހާއަށް ފަރުވާ ދީފައިވާއިރު، ހޮސްޕިޓަލުން ބުނެފައިވަނީ އޭނާގެ ނޭފަތް އެއްކޮށް ނެތްކަމަށެވެ. އަދި ނޭފަތުގެ ކައިރިން ބޮޑު ސަރަހައްދެއްގައި ސޮފްޓް ޓިޝޫވެސް މަދުކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. އަނބިމީހާއާއި ހަވާލާދީ ޑޮކްޓަރުންގެ ޓީމުން ބުނެފައިވަނީ އޭނާ ފިރިމީހާ ނޭފަތް އެއްކޮށް ކާލާ ދިރުވާލި ކަމަށެވެ.

ނޭފަތް ކާލި ފިރިމީހާ މިހާދިސާއަށްފަހު ފިލާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންވަނީ އޭނާ ހޯދަން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް