ދިޔަވެ އަޑިއަށްދިޔަ ލޯންޗެއް ފުލުހުންނާއި ރައްޔިތުން ނިކުމެ ސަލާމަތްކޮށްފި

ފ. ނިލަންދޫ ބަނދަރުގައި އޮތް ފ. އަތޮޅު ކައުންސިލް އިދާރާގެ ލޯންޗް ދިޔަވެ އަޑިޔަށްދާތީ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ރައްޔިތުން ގުޅިގެން އެލޯންޗް ސަލާމަތްކޮށްފިއެވެ. ފުލުހ...

16 Sep 2015 | 06:57

ފ. ނިލަންދޫ ބަނދަރުގައި އޮތް ފ. އަތޮޅު ކައުންސިލް އިދާރާގެ ލޯންޗް ދިޔަވެ އަޑިޔަށްދާތީ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ރައްޔިތުން ގުޅިގެން އެލޯންޗް ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ ރަށުތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް އާއްމު ފަރާތަކުން ރޭ 3:15 ހާއިރު ދިން މަޢުލޫމާތަކާއި ގުޅިގެން ނިލަންދޫގައި މަސައްކުރާ ފުލުހުންނާއި އާއްމު ރައްޔިތުން ގުޅިގެން ޕަމްޕެއް ބޭނުންކޮށްގެން ލޯން ފުންކުރުމުގެ މަސައްކަތް ކުރި ކަމަށެވެ.

ފުލުހުންނާއި އާއްމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ލޯންޗު ފުންކުރެވިފައިވަނީ މިއަދު ހެނދުނު 5:45 ހާއިރު ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް