ފުލުހުންގެ އޮޕަރޭޝަނެއްގައި ތިން ގެއަކުން އަންހެނަކާއި ނުވަ ފިރިހެނުން ހައްޔަރުކޮށްފި

މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް ތިން ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެޗާއެކު އަންހެނަކާއި ނުވަ ފިރިހެނުން ހައްޔަރުކޮށްފި އެެވ. މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކ...

16 Sep 2015 | 03:20

މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް ތިން ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެޗާއެކު އަންހެނަކާއި ނުވަ ފިރިހެނުން ހައްޔަރުކޮށްފި އެެވ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ދެ ފިރިހެނުންނާއި 21 އަހަރުގެ އަންހެނެކެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރުން ފެށިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ކޯޓު އަމުރުގެ ދަށުން މި 3 ގެއަށް ވަދެ މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ ގެތައް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ސެލޯފިންކޮޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 20 ރަބަރު ޕެކެޓާއި ބޮޑު ދެ ބްލެޓް ފެނިފައިވާ ކަމަށާއި މީގެއިތުރުންވެސް އެގެތަކުން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ދެ ކައްޓާއެއްވެސް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް