ހެރިޓޭޖް ފައުންޑޭޝަނުން ކޮންމެ އަހަރަކު ނެރެމުން އަންނަ، އެކޮނޮމިކް ފްރީޑަމް އިންޑެކްސް ގައި ރާއްޖެއަށް 11 ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
މި އަހަރުގެ ފްރީޑަމް އިންޑެކްސް އާންމުކޮށްފައިވާއިރު ރާއްޖެ އުޅެނީ 134 ވަނައިގަ އެވެ. މިދިޔަ އަހަރުގެ އިންޑެކްސްގައި ރާއްޖެ އުޅެނީ 145 ވަނައިގަ އެވެ.
Read more about Maldives Economy.
See more from the 2015 Index.
ހެރިޓޭޖް ފައުންޑޭޝަން/ވޯލް ސްޓްރީޓް ޖަރނަލް އިން އާންމު ކުރާ ވިޔަފާރިކުރުމުގެ ފަސޭހަކަން ހާމަކުރާ މި އިންޑެކްސްގައި 11 ދަރަޖައިގެ ކުރިއެރުމެއް ރާއްޖެ ހޯދާފައި ވާއިރު އޭސިއާ ބައްރުގެ ގައުމުތަކަށް ބަލާއިރު ރާއްޖެ އުޅެނީ 28 ވަނައިގައެވެ. އަވަށްޓެރި ބައެއް ގައުމުތަކުގެ ރޭންކަށް ބަލާއިރު ސްރީ ލަންކާ ހިމެނެނީ 21 ވަނައިގައެވެ. 25 ވަނައިގާ ޕާކިސްތާނު ހިމެނޭއިރު އިންޑިއާ އުޅެނީ 26 ވަނައިގަ އެވެ. ބަނގްލަދޭޝް އުޅެނީ 27 ވަނައިގަ އެވެ.
މުޅި ދުނިޔެއަށް ބަލާއިރު ރޭންކިން ގެ އެއްވަނައިގާ އުޅެނީ ހޮންކޮންގް އެވެ. ދެވަނަގައިގާ ސިންގަޕޫރު އުޅޭއިރު ތިން ވަނައިގާ އޮތީ ނިއުޒިލެންޑް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް