އަޤްޞާ މިސްކިތް ހިމެނޭ ސަރަހައްދުގައި އިއްޔެވެސް ކުރިމަތިލުންތަކެއް ހިނގައިފި

އިޒްރޭލު ސިފައިން ހަތިޔާރާއެކު އަލް އަޤްޞާ މިސްކިތައް ވަދެ މިދިޔަ އާދީއްތަ ދުވަހު ފަލަސްތީނުގެ ރައްޔިތުން ނަމާދުކުރަން ތިއްބާ ހަމަލާތަކެއް ދީފައިވާއިރު އެ މިސްކިތް ހިމެނޭ ސަރަހައްދުގައި އިއްޔެވެސް ކުރ...

16 Sep 2015 | 00:31

އިޒްރޭލު ސިފައިން ހަތިޔާރާއެކު އަލް އަޤްޞާ މިސްކިތައް ވަދެ މިދިޔަ އާދީއްތަ ދުވަހު ފަލަސްތީނުގެ ރައްޔިތުން ނަމާދުކުރަން ތިއްބާ ހަމަލާތަކެއް ދީފައިވާއިރު އެ މިސްކިތް ހިމެނޭ ސަރަހައްދުގައި އިއްޔެވެސް ކުރިމަތިލުންތަކެއް ހިނގައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިއްޔެގެ ކުރިމަތިލުންތައްވެސް ހިނގަން މެދުވެރިވީ އިޒްރޭލު ފުލުހުން ހަތިޔާރާއެކު މިސްކިތުގެ އެތެރެއަށް ވަންނަން ދިމާ ކުރުމުންނެވެ. މިސްކިތުގެ އެތެރޭގައި ތިބި މީހުން އިޒްރޭލު ފުލުހުންގެ ގަޔަށް އިއްޔެ ވަނީ ހިލަ އުކާފަ އެވެ. ފުލުހުން މިސްކިތުގެ އެތެރެއަށް ވަނަ ނުދިނުމަށެވެ.

އިޒްރޭލު ސިފައިން ވަނީ "ސްޓަން ގްރެނޭޑްސް" ބޭނުންކޮށްގެން މިސްކިތުގެ ތެރޭގައި ތިބި މީހުންނަށް ހަމަލާ ދީފަ އެވެ. ކޮންމެ ދުވަހަކުވެސް މިސްކިތުގެ އެތެރެއަށް އިޒްރޭލު ފުލުހުން ވަންނަނަ ދިމާކުރަނީ ހިލަ އުކާ ބަޔަކު އަތުލައިގަންނަން ކަމަށް ބުނެ އެވެ.

ކުރިމަތިލުންތައް ހިނގަމުން އަންނަތާ ތިން ދުވަސް ވެފައި ވާއިރު މި ކުރިމަތިލުންތަކުގައި އަދި އެއްވެސް މީހަކަށް މާ ބޮޑު އަނިޔާއެއް ވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް