އައްޑޫގައި، ޕާކްކޮށްފައި އޮތް ކާރެއްގައި ރޯވެއްޖެ

އައްޑު ހިތަދޫގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވެއްޖެ އެވެ. ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ހިތަދޫގައި ހުންނަ އައިލެންޑް ޓީވީ ސަރަހައްދުގައި ޕާކްކޮށްފައި އޮތް އެ ކާރުގައި ރޯވި އަ...

15 Sep 2015 | 23:19

އައްޑު ހިތަދޫގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯވެއްޖެ އެވެ.

ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ހިތަދޫގައި ހުންނަ އައިލެންޑް ޓީވީ ސަރަހައްދުގައި ޕާކްކޮށްފައި އޮތް އެ ކާރުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ ހިތަދޫގައި ގާއިމްވެ ތިބޭ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިންނެވެ.

މިހާދިސާގައެއް އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް ކާރުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް އަނދާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް