ކުޑަ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތު އޮތް މީހަކު ށ. ފީވަކު ފެނަކަ ބްރާންޗްގެ ސުޕަރވައިޒަރަކަށް އައްޔަން ކޮށްފިއެވެ.
މުޙައްމަދު ރަވާހު ރަޝީދު، އާމުލީގެ/ށ.ފީވަކު އަކީ،2023 ވަނަ އަހަރުގެ ތެރޭގައި އެކިދުވަސްވަރުމަތިން އުމުރުން14 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީގޯނާކޮށް، އޮރިޔާން ކާޑު އުފައްދާ، ބަރަހަނާ ފޮޓޯ ފޮނުވާފައިވާ ކަމުގެ ތުހުމަތު އޮތް ފަރާތެއް ކަމަށް ފުލުހުންގެ ރެކޯޑު ތަކުން އެނގެއެވެ.
އަދި އޭނާ އެކަން ކޮށްފައިވަނީ އިތުރު އެހެން ބަޔަކާއި އެކު ގައި ކަމަށް ވެސް ފުލުހުންގެ ރެކޯޑުގައި ވެއެވެ.
މި މައްސަލައަށް އަދި ވަކިގޮތެއް ނުނިމި ޝަރިއަތުގައި މައްސަލަ އޮތް ނަމަވެސް، އޭނާއަށް ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ25 ވަނަ ދުވަހު ށ. ފީވަކުުް ފެނަކައިން ސުޕަވައިޒަރެއްގެ މަގާމު ދީފައެވެ.
ފެނަކައިން އޭނާއާއި ކޮންޓްރެކްޓް ހަދާފައިވަނީ ތިން މަހުގެ މުއްދަތަކަށް ނަމަވެސް ދުވަސްއަށް އެނގިފައިވާ ގޮތުގައި އޭނާ އަދިވެސް ހުރީ އެ މަގާމުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް