ޒިފްލީނާ ފްލެޓް ގަތް މައްސަލަ ޕީޖީއަށް

ނިމިދިޔައި ސަރުކާރުގެ ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން ފްލެޓް ގައިން މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ (ޕީޖީ) އަށް ފޮނުވުމަށް އޭސީސީން ނިންމައިފިއެވެ. ޒިފްލީނާ ފްލެޓް ގަނެފައިވަނީ...

16 Aug 2024 | 11:25

ނިމިދިޔައި ސަރުކާރުގެ ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން ފްލެޓް ގައިން މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ (ޕީޖީ) އަށް ފޮނުވުމަށް އޭސީސީން ނިންމައިފިއެވެ.

ޒިފްލީނާ ފްލެޓް ގަނެފައިވަނީ ހުޅުމާލޭގެ އެފްޑަބްލިއު ރެސިޑެންސް އިން3.5 މިލިއަން ރުފިޔާއަށެވެ.

މި މައްސަލަ އޭސީސީން ތަހުގީގުކުރުމަށް ފަހު ޕީޖީއަށް ފޮނުވަން ނިންމީ ދައުވާ ކުރުމާއި މެދު ގޮތެއް ނިންމުމަށް ކަމަށް ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެމުން އޭސީސީން ވަނީ ބުނެފައެެވެ.

ޒިފްލީނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ނުހައްގު މުއްސަނދި ކަމެއްގައި ފްލެޓްގައިން މައްސަލައެވެ. ހުޅުމާލެއިން3.5 މިލިއަން ރުފިޔާއަށް ފްލެޓްގަނެފައިވާއިރު، ދާދި ފަހުން3.8 މިލިއަން ރުފިޔާއަށް އޭނާގެ ދަރިފުޅުގެ ނަމުގައި ވެސް ހުޅުމާލެއިން ގަނެފައިވާކަން ވަނީ ހާމަވެފައެވެ. ޒިފްލީނާގެ ދަރިފުޅުގެ ނަމުގައި ފްލެޓް ގަނެފައިވަނީ ސްޓޭޓް މިނިސްޓަރ ކަމުގައި ޒިފްލީނާ ހުންނެވި ދުވަސް ވަރެވެ.

އެމްޑީޕީގެ ރައީސް ޝާހިދުގެ އަނބިކަނބަލުން ޒިފްލީނާ އެ ފްލެޓްތައް ގަތުމުން ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒު ވަމުންނެވެ. އެގޮތުން ގިނަ ބަޔަކު ވަނީ ފްލެޓް ގަތުމަށް ފައިސާ ހޯދި ގޮތަކާއި މެދު ސުވާލު އުފައްދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް