މާލީ ހާލަތު އިންތިހާއަށް ދަށަށް ދަމުން އަންނަ ޕާކިސްތާނުގައި ތެލުގެ އަނެއްކާވެސް ބޮޑުކުރަން ނިންމައިފިއެވެ.
އެގޮތުން މިއަދުން ފެށިގެން ޑީސަލުގެ އަގު ލީޓަރަކުން އިތުރު 12 ރުޕީސް ބޮޑުކޮށްފައިވާއިރު ޕެޓްރޯލުގެ އަގުވެސް ވަނީ ބޮޑުކޮށްފައެވެ.
ޕެޓްރޯލާއި ޑީސަލްގެ އަގު އެ ގައުމުގައި ބޮޑުކޮށްފައިމިވަނީ ބައިނަލްއަގްވާމީ މާކެޓުގައި ތެލުގެ އަގަށް އައި ބަދަލާއިއެކުގައެވެ. އެގޮތުން ޕެޓްރޯލިއަމް ފީފާއެއްގެ އަގު 111 ޑޮލަރަށް ވަނީ އަރާފައެވެ. އެއީ 13 ޑޮލަރުގެ އުފުލުމެކެވެ. އަދި ޕެޓްރޯލު ފީފާއެއްގެ އަގު ވަނީ 97 ޑޮލަރަށް އުފުލިފައެވެ. އެއީ ހަތް ޑޮލަރުގެ އުފުލުމެކެވެ.
ޕާކިސްތާނުގައި އެންމެ ބޮޑަށް އުފުލިގެން މި ދިޔައީ ޑީސަލްގެ އަގު ކަމުގައިވާއިރު ދަނޑުވެރިކަމުގެ ސިނާއަތުގައި އާންމުގޮތެއްގައި އެ ގައުމުގައި ބޭނުންކުރަނީ ޑީސަލް އުޅަނދުފަހަރުކަމުން މިކަމާއި ގުޅިގެން އިންފްލޭޝަން އިތުރަށް މައްޗަށް ދާނެކަމުގައި މިވަނީ އަންދާޒާ ކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް