އިންޑިއާ ނޫން އެހެން ގައުމުތަކުގައި އިންފްލޭޝަންގެ މައްސަލަ ބޮޑު: މޯދީ

އިންޑިއާ ނޫން އެހެން ގައުމުތަކުގައި އިންފްލޭޝަން އުފުލުމުގެ މައްސަލަ އިންތިހާއަށް ބޮޑު ކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. މޯދީ މިހެން ވިދާޅުވީ އެ ގައުމުގެ 77 ވަނަ މިނިވަނ...

16 Aug 2023 | 18:41

އިންޑިއާ ނޫން އެހެން ގައުމުތަކުގައި އިންފްލޭޝަން އުފުލުމުގެ މައްސަލަ އިންތިހާއަށް ބޮޑު ކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިހެން ވިދާޅުވީ އެ ގައުމުގެ 77 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާއި މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މޯދީ ވިދާޅުވީ އަދިވެސް ބައެއް ގައުމުތަކުން ކޮވިޑުން އަރައިނުގަނެވިގެން އުޅޭ ކަމަށާއި އަދި ކޮވިޑާއި އެހެނިހެން ގައުމުކުން އިންފްލޭޝަންވެސް ބޮޑުތަނުން އިމްޕޯޓް އެބަ ކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެހެން ނަމަވެސް އިންޑިއާއިން އަންނަނީ އިންފްލޭޝަން ކޮންޓްރޯލު ކުރަމުން ކަމަށާއި ތަކެތީގެ އަގު އުފުލުނަ ނުދިނުމަށް އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރާނެ ކަމަށެވެ.

ކޮވިޑާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މޯދީ އިތުރަށް ވިދާޅުވީ ކޮވިޑާއި ގުޅިގެން އެ ގައުމުން އަންނަނީ ދުނިޔޭގެ އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ދައްކަމުން ކަމަށާއި އަދި އެ މަސައްކަތް އަދިވެސް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް