މާއުނގޫދޫ ބަނދަރު މަޝްރޫ 46 އިންސައްތަ ނިންމާލައިފި

ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 46 އިންސައްތަ ނިންމައިފިކަމަށް މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މީގެ އިތުރަށް، އެއްގ...

16 Aug 2023 | 18:29

ށ. މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 46 އިންސައްތަ ނިންމައިފިކަމަށް މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މީގެ އިތުރަށް، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 97 ޕަސެންޓް ވެސް ނިންމައފި ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

އެމްޓީސީސީ އިން ބުނާ ގޮތުގައި މި މަޝްރޫޢުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، އަދި 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ހަމައެފަދައިން، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1509 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، އަދި ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢު ތެރޭގައި ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކުރީ 56.33 މިލިއަން ރުފިޔާގެ އަގެއްގައި 2022 ސެޕްޓެމްބަރު 20 ގައެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢު ނިމުމުން، އެރަށަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ ދަތިތައް ޙައްލުވެގެން ދާނެ ކަމަށެވެ. އަދި ދަނޑުވެރިކަމާއި ކަންނެލީގެ މަސްވެރި ކަމަށް މަޝްހޫރުވެފައިވާ އެރަށަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުވުމުން، އިޤްތިސާދީ ފައިދާތަށް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް