އޮމަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

އދ. އޮމަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެ...

16 Aug 2023 | 18:08

އދ. އޮމަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސް ޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

އޮމަދޫ ގިރާ އެތަކެއް ރުށްގަސް ވެއްޓުމުގެ ސަބަބުން ރަށުގެ މަލަމަތި ވަނީ ވަރަށްބޮޑަށް ހުތުރުވެފައެވެ. އަދި ފަރުވެސް ވަރަށް ބޮޑަށް ހަލާކުވުމުގެ ސަބަބުން ލޯކަލް ޓޫރިޒަމްގެ ކުރިއެރުމަށް މިކަމުގެ ސަބަބުން ދަނީ ހުރަސްތަކެއް އެޅެމުން ކަމަށް އެމްޓީސީސީ އިން ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު ސޮއެކުރެވޭ، އޮމަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، މި މައްސަލަތަކަށް ނިމުމެއް އައިސް، ހިމާޔަތް ކުރެވިފައިވާ ރީތި ގޮނޑުދޮށެއް އޮމަދޫ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

ހަމައެއާއެކު، އެމްޓީސީސީ އިން ބުނާގޮތުގައި މި މަޝްރޫޢުގެ ދަށުން، 18,976.25 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ނަރިޝް ކުރުމާއި، 214 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 10.08 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް