މާދަމާވެސް ގުރުނެގުން ކުރިއަށްދާނީ ގަލޮޅު ދަނޑުގައި

ބިންވެރިޔާ ސްކީމްގެ ގުރުއަތުނެގުން މާދަމާވެސް ކުރިއަށްގެންދާނީ ގަލޮޅު ދަނޑުގައި ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ބުނެފިއެވެ. އެ މިނިސްޓްރީން މިހެން ބު...

16 Aug 2023 | 17:31

ބިންވެރިޔާ ސްކީމްގެ ގުރުއަތުނެގުން މާދަމާވެސް ކުރިއަށްގެންދާނީ ގަލޮޅު ދަނޑުގައި ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މިރޭ ކުރި އިއުލާނެއްގައެވެ.

މާދަމާ ގުރުނަގާގޮތަށް ކުރިން އޮތީ ހެންވޭރު ދަނޑުގައެވެ.

ނަމަވެސް މިރޭ އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައެޅުމަށްޓަކައި ގުރުއަތު ނެގުމަށް މިހާރު ހަމަޖެހިފައިވަނީ ހަމައެކަނި ގަލޮޅު ފުޓްބޯޅަ ދަނޑުގައި ކަމަށެވެ.

"ވީމާ، ކޮންމެ ފަރާތަކުންވެސް "ގެދޮރުވެރިން ޕޯޓަލް" އަށް ލޮގިން ކުރައްވާފައި އެބޭފުޅަކަށް ގުރުއަތު ނެގުމަށް ވަޑައިގަންނަވަންޖެހޭ ގަޑި ބައްލަވައި، އެބޭފުޅެއްގެ ފޯމުގެ ބައިވެރިންގެ ތެރެއިން 1 ބޭފުޅަކު ނުވަތަ ފޯމްފައިވާ ފަރާތްތަކުން ކަނޑައަޅާ ފަރާތެއް ގުރުއަތު ނެގުމަށް ހާޒިރުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ގަލޮޅު ދަނޑުގައި ގުރުއަތުނެގުމަށް ހާއްސަކުރެވިފައިވާ ތަނަށް ހާޒިރުވެވަޑައިގަތުމަށް ދަންނަވަމެވެ." އެ މިނިސްޓްރީން ބުނެފައިވެއެވެ.

ބިންވެރިޔާ ސްކީމްގެ ގުރުނެގުން އިއްޔެއިން ފެށިގެން ގަލޮޅު ދަނޑުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް