ސޯލަރ ޕީވީ މަސައްކަތުގެ ތެރެއިން ހުޅުމާލޭ ލިންކް ރޯޑް އަދި ބޯށިމާހިގުމުގައި ސަބްސްޓޭޝަންތަކުގެ ފައުންޑޭޝަންގެ މަސައްކަތްކުރުމަށް ވަކި ގަޑިތަކެއްގައި ލިންކް ރޯޑްގެ ބައެއް ސަރަހައްދުތަކުގައި ބަންދުކުރާނެ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ބުނެފިއެވެ.
މި މަސައްކަތަކީ ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީގެ އެސްޕަޔަރ ޕްރޮޖެކްޓްއިން ކުރިއަށް ގެންދާ ، ހުޅުމާލޭގައި 5.6 މެގަވޮޓުގެ ސޯލާރ ހަކަތައިގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން މާލެ-ހުޅުމާލެ ލިންކް ރޯޑު އަދި ބޯޝިމާ ހިނގުމުގައި ސަބް ސްޓޭޝަން ގެ ފައުންޑޭޝަންގެ މަސައްކަތެވެ.
އެގޮތުން އެ މިނިސްޓްރި އިން ބުނާ ގޮތުގައި މި މަސައްކަތް ކުރުމަށް އަންނަ އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހުގައި ލިންކް ރޯޑުގެ ހަތަރު ސަރަހައްދެއް އަދި ބޯޝިމާ ހިނގުމުގެ އެއްސަރަހައްދުގެ މަގުގެ އެއް ލޭނު ބަންދުކޮށްގެން މަސައްކަތްކުރުމަށްވަނީ ހަމަޖެހިފައެވެ.
އެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ އެ ދެދުވަހު ހެނދުނު 09:00 އިން ހަވީރު 05:00 ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނެފައިވެއެވެ.
އެހެންކަމުން އެ މިނިސްޓްރީ އިން ބުނީ އެ ދެދުވަހު މަސައްކަތްކުރަމުންދާގަޑީގައި މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް އެއްގަމުގެ ދަތުރުކުރާ ފަރާތްތަކުން ސަމާލުވެވެއްލުމަށެވެ. އަދި މަގުގެ އެއްލޭން ބަންދުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް އަންގައިދޭ ޗާޓު، ނޫސްބަޔާނާއި އެއްކަރުދާސްކުރެވިފައިއެވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް