ލ. ގަމުގެ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް ސާފު ކުރުމުގެ މަސައްކަތް ފަށައިފިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ބުނެފައިވެއެވެ.
އެމްޓީސީސީ އިން ބުނާ ގޮތުގައި މި މަޝްރޫއުގެ ދަށުން، 11,830 އަކަ މީޓަރުގެ ސަރަޙައްދެއްގައި 130 އެނދުގެ 2 ފަންގިފިލާ އިމާރާތެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ.
މި ޕްރޮޖެކްޓަށް ފައިނޭންސް ކުރަން ހަމަޖައްސާފައި ވަނީ ޖަރުމަނު ވިލާތުގެ ޑޮއިޗާ ބޭންކުންނެވެ. އެގޮތުން މި މަޝްރޫޢަކީ 30.68 މިލިއަން ޔޫރޯ ގެ މަޝްރޫޢެކެވެ.
ހެލްތު މިނިސްޓްރީން ކުރިން ބުނި ގޮތުގައި، ގަމު ޓާޝަރީ ހޮސްޕިޓަލް ނިންމަން ހަވާލުކުރީ ތިން އަހަރު ދުވަހުންނެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މި އަހަރުގެ ޖުލައި މަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް