ޒަމީލްއާ ބައްދަލުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިރޭ

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި އެއް ކެނޑިޑޭޓް ހަސަން ޒަމީލްއާ ބައްދަލު ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. ޒަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ...

16 Aug 2023 | 10:01

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި އެއް ކެނޑިޑޭޓް ހަސަން ޒަމީލްއާ ބައްދަލު ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ޒަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ތެރެއިން ޒަމީލްއާ ބައްދަލު ކުރަން ބޭނުންވާ މީހުންނަށް މިރޭ 8:30ން 10:00ށް މއ. މާވެޔޮވިލާ، މާވެޔޮމަގު (ޖަވާހިރު ގޯޅި، ކައުންޓްލައިން ބިލްޑިންގ)، 10 ވަނަ ފަންގިފިލާގައި އެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން އިއުލާނު ކުރެއްވި ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ހަސަން ޒަމީލްގެ ރަނިންމޭޓަކީ އަނބިކަނބަލުން މަރިޔަމް އަލީމް އެވެ. އަދި އިންތިހާބީ އޭޖެންޓަކީ ދަރިކަލުން އަހުމަދު މަހުރާން ޒަމީލްއެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކުރަމުން މީގެކުރިން ޒަމީލު ވިދާޅުވީ، މިހާރު މި އޮތް ޕާޓީސިސްޓަމަކީ ރާއްޖެއަށް އެކަށީގެންވާ ނިޒާމެއް ނޫންކަން ހާމަވާ ކަމަށެވެ.

ރާއްޖޭގައި ހިނގާފައިވާ ކޮރަޕްޝަނާއި މީހުން މެރުން ފަދަ ބޮޑެތި ހާދިސާތަކުގެ ރަނގަޅު ތަހުގީގެއް ނުހިންގޭކަން ފާހަގަ ކުރައްވައި ޒަމީލް ވިދާޅުވީ އެކަންކަން ރަނގަޅު ކުރެވޭނީ ހަރުދަނާ ވެރިއަކު ވެރިކަމަށް އަހިސްގެން ކަމަށެވެ.

އަދި ވެރިކަން ދެމެހެއްޓުމަށްތަކައި އެއްވެސް މީހަކު ރުއްސަން ޖެހޭ ފަދަ ވެރިއަކަށް ހެޔޮގޮތުގައި ވެރިކަން ނުކުރެވޭނެ ކަމަށް ޒަމީލް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް