ތޮއްޑޫއިން 300 ގޯތި ދޫކުރަނީ

އއ. ތޮއްޑޫއިން ވަރަށް އަވަހަށް 300 ގޯތި ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭނަށް އަރިއަތޮޅަށް ކުރައްވާ ދަތުރުފުޅުގަ...

16 Aug 2023 | 05:52

އއ. ތޮއްޑޫއިން ވަރަށް އަވަހަށް 300 ގޯތި ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭނަށް އަރިއަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ތޮއްޑޫއަށް ވަޑައިގަންނަވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ތޮއްޑޫގައި އޮތް އެންމެ ބޮޑު މައްސަލައަކީ ކައުންސިލުން ދޭން ނިންމި 100 ގޯތި ދިނުމުގެ މައްސަލަ ހައްލު ނުވެ ދިގުދެމިގެން ދިއުން ކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ދަށުން، އެރަށަކުން ގޯތި ދިނުމުގެ ބާރު މިހާރު އޮންނާނީ ކައުންސިލަށް ދީފައިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ބައެއް ފަރާތްތަކުން ޝަކުވާއާއެކު އެ މައްސަލަ ކޯޓަށް ގޮސްފައި ވާތީ، ކޯޓުން މައްސަލަ ނިމިގެން ނޫނީ އެކަމަށް ހައްލެއް ގެނެވެން ނެތް ކަމަށެވެ.

މައުލޫމާތު ލިބިފައި އޮތް ގޮތުން މިހާރު އެ މައްސަލަ އޮތީ ފަހު މަރުހަލާގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ލަސްތަކެއްނުވެ، ކައުންސިލުން ދޫކުރަން ނިންމި 100 ގޯތި ދޫކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށާއި އެ 100 ގޯތީގެ މައްސަލަ ނިމުމާއެކު އިތުރު 200 ގޯއްޗަށް އިއުލާނު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ، ތޮއްޑޫއަށްވީ ވައުދުގެ ގިނަ މަސައްކަތްތައް ނިމި، އަނެއްބައި މަސައްކަތްތައް މިހާރު ނިމެމުންދާ ކަމަށެވެ.

ޖުމުލަ 19 ކަމެއް އޮއްޑޫއަށް ކޮށްދޭން އެބަ އޮތް ކަމަށާއި އޭގެ ތެރެއިން ރިޔާސީ ވައުދުގެ ގޮތުގައި އޮތީ ހަތް ކަންތައް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރިޔާސީ ހަ ވައުދުގެ ތެރެއިން ހަތަރު ވައުދެއް މިހާރު ވަނީ މުޅިން ނިމިފައިކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް