ކެމްޕޭނަށް އަރިއަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ތޮއްޑޫއަށް ވަޑައިގެންފި

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިއަތޮޅަށް ކުރައްވާ ދަތުރު ފުޅުގައި އއ. ތޮއްޑޫއަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސް މިއަދު ވަޑައިގަންނަވާނީ ތޮއްޑޫގެ އިތ...

16 Aug 2023 | 05:17

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިއަތޮޅަށް ކުރައްވާ ދަތުރު ފުޅުގައި އއ. ތޮއްޑޫއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސް މިއަދު ވަޑައިގަންނަވާނީ ތޮއްޑޫގެ އިތުރުން ރަސްދޫ، ބޮޑުފޮޅުދޫ، މަތިވެރި، މާޅޮސް، ފެރިދޫ އަދި އުކުޅަހަށެވެ. މާދަމާ ވަޑައިގަންނަވާނީ ހިމަންދޫ، ހަންޏާމީދޫ، ދިއްދޫ، ދަނގެތި، ދިގުރަށް، ކުނބުރުދޫ، އޮމަދޫ އަދި މަހިބަދޫއަށެވެ..

ކެމްޕޭނަށް ރައީސް އެންމެ ފަހުން ވަޑައިގަތީ ނ. އަތޮޅަށެވެ.

އޭގެ ކުރިން ދ، ގދ އަދި ގއ އަތޮޅުގެ ރަށްރަށަށްވެސް ރައީސް ވަޑާއިގެންނެވިއެވެ..

އެ ދަތުރުފުޅުގައި ދ އަތޮޅުގެ މީދޫ، ރިނބުދޫ، ބަނޑިދޫ، ހުޅުދެލި، މާއެނބޫދޫ، ކުޑަހުވަދުއަށް ވަޑައިގެންނެވިއެވެ.

އޭގެ ފަހުން އަންގާރަ ދުވަހު ގދ ކާޑެއްދޫ އަށް ވަޑައިގަންވަނަވައި، ގއ އަދި ގދ ގެ ރަށްރަށަށް ދަތުރު ކުރެއްވިއެވެ. އެގޮތުން ރައީސް ވަނީ  މަޑަވެލި، ހޯޑެއްދޫ، ނަޑެއްލާ ، ރަތަފަންދޫ، ފިޔޯރީ، ގައްދޫ، ވާދޫ، ފަރެސްމާތޮޑާ، ދެއްވަދޫ، ކަނޑުހުޅުދޫ، ގެމަނަފުށި، ކޮނޑޭ،  ވިލިނގިލި، ދާންދޫ، ކޮލަމާފުށި، މާމެންދޫ އަދި ވިލިނގިއްޔަށް ވަޑައިގަންނަވާފައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަސް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ކޯލިޝަންގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓް، ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިން ފައްޓަވާފައި ވަނީވެސް  ށ. އަތޮޅުންނެވެ.

އެގޮތުން ކޮމަންޑޫއިން ފެއްޓެވި ކެމްޕޭންގައި އެ އަތޮޅު ފޯކައިދޫ، މަރޮށި އަދި ނޫމަރާއަށް ވަޑައިގެންނެވިއެވެ.

އޭގެ ފަހުން ކ. އަތޮޅުގެ  ކ. ގުޅި، ގުރައިދޫ އަދި މާފުއްޓަށާއި މ. ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކުގެ އިތުރުން ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގެންނެވިއެވެ. އަދި ހއ. އަތޮޅުގެ10 ރަށަކަށްވެސް ވަޑައިގެންނެވިއެވެ. އެއީ  ހޯރަފުށި، ތުރާކުނު، އުލިގަމު، މޮޅަދޫ، އިހަވަންދޫ، މާރަންދޫ، ތަކަންދޫ، ކެލާ، ވަށަފަރު އަދި ދިއްދުއަށެވެ.

އެއަށްފަހު އެމަނިކުފާނު ކެމްޕޭނަށް ވަޑައިގެންނެވީ ޏ. ފުވައްމުލަކަށެވެ. އަދި އޭގެ ފަހުން ށ. އަތޮޅާށާއި ހދ އަތޮޅަށް ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް