މިއަދު ރާއްޖެއިން ފެނިގެންމިދަނީ ރައްޔިތުންގެ އިހްސާސްތަކާއެކު ވެރިކަންކުރައްވާ ރައްޔިތުންގެ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އޯގާތެރިކަން ކަމުގައި ރައީސް އޮފީހުގެ މިނިސްޓަރު، އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ސަމީރު މިހެން ވިދާޅުވީ ގެދޮރުވެރިޔާ ފްލެޓް އިސްތިހާރަކާއެކު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ސަމީރު ވިދާޅުވެފައިވަނީ ޖާގަ ތަނަވަސް ފްލެޓް، ޝަރުތު ޖަމަވާ އެންމެނަށް ލިބިގެންދާކަމަށާއި ރާއްޖޭގެ ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުލިބިގެންދާކަމަށެވެ.
"މި ފެނިގެންދަނީ ރައްޔިތުންގެ އިހްސާސްތަކާއެކު ވެރިކަންކުރައްވާ ރައްޔިތުންގެ ރައީސް ސޯލިހްގެ އޯގާތެރިކަން" ބުނީ ނުވާނޭ އަދި ބިންވެރިޔާ ހޭޝްޓެގާއެކު މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ސަމީރު މިހެން ވިދާޅުވެފައިވާއިރު ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ ގުރު އިއްޔެއިން ފެށިގެން ގަލޮޅު ދަނޑުގައި އަންނަނީ ނަގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް