ބިދޭސީ އަންހެން މީހާގެ ފަށް ވިއްކާލާފަ އޮއްވަ ފުލުހުން އަތުލައި އެކަކު ހައްޔަރުކޮށްފި

ބިދޭސީ އަންހެނެއްގެ ރަން ފަށެއް ފޭރިގަތް މައްސަލައިގަ މީހަކު ހައްޔަރުކޮށްފި އެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު ހެންވޭރު ކޮޅުގައި އެވެ. ސޯޝަލް މީޑިއާގައި އާންމުކުރި ސީސީޓީވީ ފުޓޭޖުން ފެންނަނީ...

16 Aug 2022 | 17:14

ބިދޭސީ އަންހެނެއްގެ ރަން ފަށެއް ފޭރިގަތް މައްސަލައިގަ މީހަކު ހައްޔަރުކޮށްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނު ހެންވޭރު ކޮޅުގައި އެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި ސީސީޓީވީ ފުޓޭޖުން ފެންނަނީ ބިދޭސީ އަންހެނަކު ހިނގާފައި ދަނިކޮށެވެ. ސައިކަލުގައި އަންނަ ދެމީހުންގެ ތެރެއިން ފަހަތުގައި އިން މީހާ އަންހެން މީހާގެ ކަރުގައި އޮތް ފަށް ދަމައިގަންނަނީ ކުއްލިއަކަށެވެ.

އެކަން އެމަގުން ދުރުން ހިނގާފައި އައި މީހުންގެ ސަމާލުކަމަށް ނާންނައިރު އެ އަންހެން މީހާގެ ހަރަކާތްތަކުން އެފަދަ ކަމެއް ވެދާނެ ކަމަށް އުންމީދު ކޮށްގެން ހުރިހެންނެތް ހިއެއް ނުވެ އެވެ. ފަށް ދަމައިގަނެގެން ދިއުމުން އަންހެން މީހާ ހުރީ ޝޮކެއްޖެހިފަހެން ހުއްޓިފަ އެވެ.

މި މައްސަލަ ފުލުހުންގެ އިސްނެގުމަށް ބަލާކަން ހާމަ ނުކުރާތީ އިއްޔެ އާއި މިއަދު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރި އެވެ.

https://twitter.com/MvCrisis/status/1559136634859552768

މިކަމާއި ގުޅީގެން މިރޭ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭގެ ތެރެއިން އެކަކު ހައްޔަރު ކުރެވިފައިވާ ކަމަށެވެ. އަދި އެމީހުން ފޭރިގަތް ފަށް ރަން ހަދާތަނަކަށް ވިއްކާލާފަވަނިކޮށް ފުލުހުން އަތުލާފައިވާ ކަމަށް ވިދާޅުވި އެވެ.

ހައްޔަރު ކުރީ ސައިކަލު ދުއްވަން އިން މީހާއެވެ.

ސީޕީ ހަމީދު ވިދާޅުވީ ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް