ރައްޔިތުންގެ އަތުގައި އޮންނަ ބާރު ރައްޔިތުންގެ މަޖިލިސް މެންބަރުގެ އަތަށް ނަގަން ނޭދޭކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު، އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެއެވެ.
ނާޝިޒް މިހެން ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހާއްސަ ކެމްޕޭނެއް ފައްޓަވާފައިވަނިކޮށް ރައީސް ނަޝީދުގެ އެ ވިސްނުންފުޅާއި ނާޝިޒްގެ ވިސްނުންފުޅު ތަފާތުކަން ހާމަކުރައްވަމުންނެވެ.
"ތިން ބާރު ވަކިވެފައި އޮންނަ މި ނިޒާމު ބަދަލުކޮށް، ރައްޔިތުންގެ އަތުގައި އޮތް ބާރު މަޖިލިސް މެންބަރުންގެ އަތަށް ނަގައި، މަސްހުނިވެ ގަޑުބަޑުކުރާ ކުރުމަށް މި ރާއްޖެ ބަދަލުކުރާކަށް އަޅުގަނޑު ނޭދެން" ނާޝިޒް ވިދާޅުވެފައިވެއެވެ.
https://twitter.com/Mnashiz/status/1559540867563630592
ނިޒާމު ބަދަލުކުމުގައި ނާޝިޒް ދެކެލައްވާގޮތް ހާމަކުރައްވާފައިވާއިރު ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްވެސް މިއަދު ވަނީ ހާމަކުރައްވާފައެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްވެސް ވަނީ އެ ނިޒާމަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް