ފޮނަދޫގައި މިހާރު ކުރިޔަށްދާ " ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް" މުބާރާތުގެ ސެމީގެ ފުރަތަމަ ޖާގަ ސިކްސް ސެންސް ލާމުން ކަށަވަރުކޮށްފިއެވެ.
ސިކްސް ސެންސް ލާމުން މުބާރާތުގެ ސެމީއިން ޖާގަ ހޯދީ މިއަދު ހަވީރު އައުޓްރީފް އެސްސީއާއި ދެކޮޅަށް ކުޅުނު ކުޢާޓާ ފައިނަލް މެޗު 1-5 ގެ ނަތީޖާއިން ކާމިޔާބު ކޮށްގެންނެވެ.
މި މެޗުގައި ސިކްސް ސެންސް ލާމަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ހުސެއިން ސަމީހާއި އަޙުމަދު ސޮބާހު އާއި އިބުރާހިމް ގަހުތާނުގެ އިތުރުން މުޙައްމަދު މަޙުދީއެވެ. މި މެޗުގައި އިބުރާހީމް ގަހުތާނު ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފައެވެ.
އައުޓްރީފް އެސްސީން މި މެޗުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑު ޖަހައިދިނީ މުޙައްމަދު ވަޙީދުއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިކްސް ސެންސް ލާމުގެ ޖާޒީ ނަމްބަރު 10 އިބުރާޙީމް ގަހުތާނެވެ.
ކުއާޓާ ފައިނަލުގެ އިތުރު ތިން މެޗު މިރޭ ވެސް ކުޅޭނެއެވެ. މިރޭ ކުޅޭ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކަންމަތި އެސްސީއާއި ޑީކޭއެންޒެޑް ސްޕޯޓްސް ކުލަބެވެ. މި މެޗު ފަށާނީ މިރޭ 8:30 ގައެވެ.
އަދި ކުއާޓާ ފައިނަލުގެ ތިންވަނަ މެޗު މިރޭ 9:30 ގައި ކުޅެން ހަމަޖެހިފައިވާއިރު، މި މެޗުގައި ބައްދަލުކުރާނީ ލެކްރޯސް އެސްސީއާއި ނެވަގިވަޕް އެސްސީއެވެ. އަދި މިރޭ ކުޅޭ ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރާނީ ކަންމަތި އެފްސީއާއި އިސްދޫ ކައުންސިލެވެ. މި މެޗު ފަށާނީ މިރޭ 10:30 ގައެވެ.
މިރޭގެ މި މެޗުތަކަށް ފަހު މުބާރާތުސެ ސެމީ ފައިނަލަށް ދާ ޓީމުތައް ކަނޑައެޅިގެން ދާއިރު، ސެމީ ފައިނަލުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭގައެވެ.
އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަަހުގެ 19 ވަނަ ދުވަހުގެ ރޭ ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް