ތިލަމާލެ ބްރިޖްއަޅާ ޕްލެޓްފޯމެއް ވިލަމާލެ ފަަރަށް އަރައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ތިން މީހަކަށް ވަނީ އަނިޔާ ލިބިފައެވެ.
ފުލުހުން މީޑިގައި ބުނީ އެ ހާދިސާގެ މައުލޫމާތު މިއަދު 14:20 ހާއިރު ވިލިމާލެ ޕޮލިސްސްޓޭޝަނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މައުލޫމާތު ލިބުމާއި އެކު އެތަނުގައި ފުލުހުން ހަރަކާތްތެރިވަމުންގެންދާ ކަމަށްވެސް ވަނީ ބުނެފައެވެ.
މި ހާދިސާގައި އަނިޔާވި ތިން މީހުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއްވެސް މީހަކަށް މާ ބޮޑުއަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
ފުލުހުން ބުނީ މިހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް