ބަރުލަމާނީ ނިޒާމަށް ތާއީދެއް ނުކުރައްވާ، ގަރާރު އަނބުރާ ގެންދިއުމަށް ރައީސް އެދިވަޑައިގެންފި

ބަރުލަމާނީ ނިޒާމަށް ތާއީދު ނުރައްވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެވެ. ރައީސް ވިދާޅުވީ މިވަގުތަށ...

16 Aug 2022 | 09:15

ބަރުލަމާނީ ނިޒާމަށް ތާއީދު ނުރައްވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެވެ.

ރައީސް ވިދާޅުވީ މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި، މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތު ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށްވުރެ އަދި އޮތީ މާ ޅަފަތުގައި ކަމަށާއި، އެހެންނަމަވެސް، ބަރުލަމާނީ ނިޒާމް ގެންނަން މަސައްކަތް ކުރާ ނަމަ އެ މަސައްކަތް ކުރެއްވިދާނެ ކަމަށެވެ.

އެގޮތުން ނިޒާމާއި ގުޅޭގޮތުން ރައްޔިތުން ކައިރިއަށް ގޮސް މިކަމުގައި ވާހަކަދައްކާ، ރައްޔިތުންނަށް ނިޒާމު އޮޅުންފިލުވައިދީ، މިކަމާއި ގުޅޭގޮތުން ބަހުސް ކުރެވި، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް އޭގެ ފަހުން މަސައްކަތް ކުރެއްވިދާނެ ކަމަށާއި އެކަމަކު އެމަނިކުފާނު އެކަމަށް ތާއީދުނުކުރައްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިޒާމު ބަދަލު ކުރުމަށް ހުށަހެޅުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފަ އެވެ. އެމްޑީޕީ ކޮންގްރެސް އޮންނާނީ އަންނަ ހުކުރު ދުވަހުއ ެވެ.

އެ ގަރާރާއި ގުޅޭގޮތުން އިންޓަވިއުގައި ރައީސް ސޯލިހު ވިދާޅުވީ ގަރާރުގައި އެންމެ ބޮޑުކަމަކަށް ފާހަގަކުރެވިފައި މިއޮތީ ސަރުކާރެއް އެކުލަވާލާ އިރުގައި ކޯލިޝަނެއް ހެދީމާ، ވައުދުތައް ފުއްދުމުގައި ދަތިތަތަކާއި އުނދަގޫތައް ކުރިމަތިވާ ވާހަކަ ކަމަށެވެ. އަދި ސަރުކާރު ހަރާބުވެގެންދާ ވާހަކަ ކަމަށެވެ. އެހެންކަމުގައިވާނަމަ މި ގަރާރުގައި ގެންނަ ބަދަލުގައި ރަނގަޅު ގޮތެއް އަދި ހައްލެއް ހޯދައިދެވެންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް