ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކެއިފް ބަނޑުބޮޑު ކަމަށް ބުނާ އަޑު ފެތުރެން ފަށައިފި އެވެ.
މި ދުވަސްވަރަކީ ބޮލީވުޑް ތަރިން ދަރިން ހޯދުމުގެ ސީޒަނެއް ފެށިގެން އުޅޭ ދުވަސް ވަރެކެވެ. މި ފަހުން ސޯނަމް ކަޕޫރާއި އާއިލާ ބަޓް އަދި ބިޕާޝާ ބާސޫ ވަނީ އެމީހުންނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާނު ކޮށްފަ އެވެ.
ކެޓްރީނާ ބަނޑުބޮޑު ކަމަށް ބުނާ ވާހަކަ ބޮޑަށް ފެތުރުނީ ރޭ ދަތުރަކަށް ފަހު މުމްބާއީއަށް ގޮސް އެއާޕޯޓުން ނުކުމެގެން ކާރާއި ހިސާބަށް ދިޔަ އިރު ހުރި ގޮތުންނެވެ. ސޯޝަލް މީޑިއާގައި މީހުން ބުނީ ކެޓްރީނާ ހިނގަމުންދިޔައީ ބަނޑުބޮޑު މީހުން ހިނގާހެން ކަމަށެވެ.
އަދި ތަންކޮޅެއް ދޫކޮށް ހުރި ބެގީ ހެދުމެއް ލައިގެން ހުއްޓަސް ބަނޑު މިހާރު އެނގޭ ކަމަށް ބުނެފައިވެ އެވެ. އަދި އޭނާ ބަނޑުބޮޑު ނޫންކަން ދައްކަން މަސައްކަތް ކުރި ކަމަށް ބުނެ އެވެ.
ކެޓްރީނާގެ ސަޕޯޓަރުން ދަނީ މިކަމާއި އުފާ ފާޅު ކުރަމުންނެވެ. އަދި އުންމީދު ކުރަމުންދަނީ ވީހާވެސް އަވަހަކަށް ފިރިމީހާ ވިކީ ކައުޝަލް އާއި ކެޓްރީނާއަށް ދަރިއަކު ލިބެން އުޅޭކަން އިއުލާނު ކުރާނެ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ ދެތިން މަހެއް ތެރޭގައި ކެޓްރީނާ ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ އާންމުންގެ ތެރެއަށް ނުނުކުންނަ އިރު އެއްވެސް އިވެންޓަކުން ނުފެނެ އެވެ. އަދި އޭނާ ވަރަށް މީޑިއާ އަށް ފިލައިގެން އުޅޭކަން ފާހަގަވެފައިވެ އެވެ.
ކެޓްރީނާ ބަލިވެ އިނަސް އެކަން އިއުލާނު ކުރާނެ ކަމަށް ގަބޫލު ނުކުރާ މީހުން ގިނަ އެވެ. އެއީ އޭނާ ދެތިން އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ވިކީ އާއި އޮތް ގުޅުން ހާމަ ކުރީ ދެމީހުންގެ ކައިވެންޏަށް ފަހު ކަމަށްވާތީ އެވެ.
ކެޓްރީނާ އާއި ވިކީ ކައިވެނި ކުރީ މިދިޔަ އަހަރުގެ ޑީސެމްބަރު މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް