ޝިއާއު މަރާލާފައި އޮއްވަ ނަގާފައިވާ ފޮޓޯ ލީކު ކުރީ ފުލުހުންތޯ ބަލަނީ

ހ. ޝީރީންވިލާގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވަ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ފޮޓޯތައް ލީކު ކުރީ ފުލުހުންތޯ ބަލަން ފަށައިފި އެވެ. ޝިއާއު މަރާލައި އަތާއި ފައި އަދި ބޯ ބުރިކޮށްލާފައި އޮއްވަ ފ...

16 Aug 2022 | 08:16

ހ. ޝީރީންވިލާގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވަ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ފޮޓޯތައް ލީކު ކުރީ ފުލުހުންތޯ ބަލަން ފަށައިފި އެވެ.

ޝިއާއު މަރާލައި އަތާއި ފައި އަދި ބޯ ބުރިކޮށްލާފައި އޮއްވަ ފެނުނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭ އެވެ. އެ މައްސަލައިގަ ފުލުހުން ހައްޔަރު ކޮށްފައިވަނީ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލް އެވެ.

މި މައްސަލައިގަ ފުލުހުން ވަނީ އާއިލާގެ އެދުމަށް ޝިއާއު މަރާލާފައި އޮއްވަ ފެނުނު އިރު އޮތް ހާލަތާއި އިތުރު ތަފްސީލް ދޭން ދެކޮޅު ހަދާފައި އެވެ. އެކަމަކު އޭގެ ފަހުން ރެއިން ފެށިގެން ދަނީ ޝިއާއުގެ މަރާއި ގުޅޭ ތިން ފޮޓޯއެއް ދައުރު ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ފޮޓޯތަކުން އެއް ފޮޓޯގައި ފެންނަނީ ދޮރުފޮތި ގަނޑެއްގެ ކައިރީ ޝިއާއު ފުރަގަސްދީގެން ހުންނަ ފޮޓޯއެކެވެ. އަނެއް ފޮޓޯގައި ބަދިގެ ތެރޭގައި ލޭގެ ކޯރެއް ފެންނައިރު ތިން ވަނަ ފޮޓޯގައި ފެންނަނީ ސޯފާ ކައިރީ ޝިއާއުގެ ހަށިގަނޑުގެ ގުނަވަންތައް ބުރި ކުރުމަށް ފަހު ބާއްވާފައި އޮތްތަނެވެ.

ޝިއާއު ފުރަގަސްދީގެ ކޮޅަށް ހުންނަ ފޮޓޮ އަކީ ޝާހިލް ނުވަތަ ޝިއާގެ ފޯނުން ލިބިފައިވާ ފޮޓޯއެއް ކަމަށް ބެލެވެ އެވެ. އަދި ޝިއާއު މަރާލާފައިވާ ސީންއަށް ފުލުހުން ދިޔަ ފަހުން އެނޫން ބަޔަކަށް އެތަން ފެނިފައި ނުވާތީ ގިނަ ބަޔަކު ދަނީ ފުލުހުންނަށް ފޮޓޯތައް ލީކު ކުރި ކަމުގެ ތުހުމަތު ކުރަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެ ފޮޓޯތައް ލީކު ކުރީ ފުލުހުންގެ ތެރެއިންކަން އެނގިފައިނުވާ ކަމަށެވެ. އެކަމަކު އެފަދަ ކަމެއް ފުލުހުންގެ ތެރެއިން ހިނގާފައިވޭތޯ ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.

ޝިއާއުގެ ހަޑިގަނޑު ވަޅުލީ އިންޑިއާއަށް ގެންގޮސް ޕޯސްޓު މޯޓަމް ހަދައިގެން ގެނައުމަށް ފަހު އެވެ. ވަޅުލީ ޝިއާއު ނިސްބަތްވާ ފުވައްމުލަކު ސިޓީގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް