ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒު ސަލްމާން މިސްކިތަށް ބަދަލުކޮށްފި

ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ހިންގުން ސަލްމާން މިސްކިތަށް ބަދަލު ކޮށްފި އެވެ. މިހާތަނަށް އަމީރު އަހުމަދު މަގުގައި ހިންގަމުން އައި ޤުރުއާނާއި ބެހޭ މަރުކަޒު އެ މިސްކިތަށް ބަދަލުކޮށް ނިންމާލީ...

16 Aug 2022 | 05:15

ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުގެ ހިންގުން ސަލްމާން މިސްކިތަށް ބަދަލު ކޮށްފި އެވެ.

މިހާތަނަށް އަމީރު އަހުމަދު މަގުގައި ހިންގަމުން އައި ޤުރުއާނާއި ބެހޭ މަރުކަޒު އެ މިސްކިތަށް ބަދަލުކޮށް ނިންމާލީ މިދިޔަ ހަފްތާގައި އެވެ. އެ މަރުކަޒު ހިންގަނީ ސަލްމާން މިސްކިތުގެ ތިން ވަނަ ފަންގިފިލާގައި އެވެ.

ޤުރުއާނާއި ބެހޭ މަރުކަޒުން މައުލޫމާތުދޭގޮތުގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެ މަރުކަޒުން ހިންގާ ކޯސްތައް ސަލްމާން މިސްކިތުގައި ކުރިޔަށް ގެންދަން ފަށާފައިވާ ކަމަށެވެ. އަދި އެ ފަންގިފިލާގައި މަރުކަޒުގެ އޮފީސްބައިވެސް ހިންގަން ފަށާފައިވާ ކަމަށެވެ.

ކުރީގެ މަރުކަޒަކީ ދުވަސްވެ ބާވެފައިވާ އިމާރާތެއް ކަމުން އާ އިމާރާތަކަށް ކްލާސްތައް ބަދަލު ކުރެވުމަކީ ލިބުނު ކުރިއެރުމެއްގެ އިތުރުން ލިބުނު ހިތްހަމަ ޖެހުމެއްގެ ގޮތުގައި އެމަރުކަޒުން ދެކެ އެވެ.

އެމަރުކަޒުގައި1،200 ދަރިވަރުން ކިޔަވަ އެވެ. އެތަނުން ކުރިޔަށް ގެންދާ ޤުރުއާނާއި ގުޅޭ ކޯސްތަކުގެ ތެރޭގައި ޤިރާއަތު ސެޓްފިކެޓް ލެވެލް 1 އިން 4 ގެ ކޯސްތަކާއި ޤުރުއާން މުދައްރިސްކަމުގެ ޑިޕްލޮމާއާއި ޑިގްރީ ކޯހާއި ޤުރުއާން ހިތުދަސްކުރުމުގެ ކުލާސްތައް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް