ރޭގައި މާލޭގައި މާރާމާރީއެއް، ދެ މީހުން ޒަހަމްވި

މާލޭގައި ރޭގައި މާރާމާރީ ހިންގައި ބަޔަކު ޒަހަމް ކޮށްލައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާގެ ރިޕޯޓު ކުރީ ރޭ9:12 ގައި ކަމަށެވެ. މި ހާދިސާގައި ދެ މީހަކު ޒަހަމްވެފައިވެ އެވެ. އެމީހުންނަށ...

16 Aug 2022 | 05:01

މާލޭގައި ރޭގައި މާރާމާރީ ހިންގައި ބަޔަކު ޒަހަމް ކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާގެ ރިޕޯޓު ކުރީ ރޭ9:12 ގައި ކަމަށެވެ.

މި ހާދިސާގައި ދެ މީހަކު ޒަހަމްވެފައިވެ އެވެ. އެމީހުންނަށް ފަރުވާ ދިނުމަށް ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.

އެކަމަކު މާރާމާރީގައި އެމީހުންނަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ނޭނގެ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މާލޭގައި މާރާމާރީއެއް ހިންގާފައި މިވަނީ މާރާމާރީތައް މަޑުޖެހިފައި ވަނިކޮށެވެ. މިދިޔަ ކުޑަ އީދަށް ފަހު މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކެއްގައި ގިނަ ބަޔަކު ޒަހަމްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް