ލާމު ފޮނަދޫގައި މިހާރު ފެށިގެން ކުރިޔަށް ދާ ” ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް” ގެ ފުރަތަމަ ބުރުގެ މެޗުތައް ނިމި މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތަކުގެ ކުޅުން މިއަދު ހަވީރު ފަށާނެއެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗު މިއަދު ހަވީރު 5:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ކުއާޓާގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސިކްސް ސެންސް ލާމާއި އައުޓްރީފް އެސްސީއެވެ.
ކުއާޓާ ފައިނަލުގެ އިތުރު ތިން މެޗު މިރޭ ވެސް ކުޅޭނެއެވެ. މިރޭ ކުޅޭ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކަންމަތި އެސްސީއާއި ޑީކޭއެންޒެޑް ސްޕޯޓްސް ކުލަބެވެ. މި މެޗު ފަށާނީ މިރޭ 8:30 ގައެވެ.
އަދި ކުއާޓާ ފައިނަލުގެ ތިންވަނަ މެޗު މިރޭ 9:30 ގައި ކުޅެން ހަމަޖެހިފައިވާއިރު، މި މެޗުގައި ބައްދަލުކުރާނީ ލެކްރޯސް އެސްސީއާއި ނެވަގިވަޕް އެސްސީއެވެ. އަދި މިރޭ ކުޅޭ ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރާނީ ކަންމަތި އެފްސީއާއި އިސްދޫ ކައުންސިލެވެ. މި މެޗު ފަށާނީ މިރޭ 10:30 ގައެވެ.
މިރޭގެ މި މެޗުތަކަށް ފަހު މުބާރާތުސެ ސެމީ ފައިނަލަށް ދާ ޓީމުތައް ކަނޑައެޅިގެން ދާއިރު، ސެމީ ފައިނަލުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭގައެވެ.
އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަަހުގެ 19 ވަނަ ދުވަހުގެ ރޭ ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް