ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައޭ) ގައި ފްލައިޓަކުން މުދާ ބާލަނިކޮށް، ކޮންޓެއިނަރެއް ވެއްޓި މީހަކު ޒަހަމް ވެއްޖެ އެވެ.
މި ހާދިސާ ހިނގީ މިއަދު ހެނދުނު ދުބާއީ މާލެ އައި އެމިރޭޓްސް ފްލައިޓުން މުދާ ބާލަނިކޮށެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި އަނިޔާވީ އެ ކުންފުނީގެ މުވައްޒަފަކަށް ކަމަށެވެ.
އެ މުވައްޒަފަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭނާއަށް މާ ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
އަދި ވިދާޅުވީ ކޮންޓެއިނަރު ވެއްޓެން ޖެހުނު ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް