ބަރުލަމާނީ ނިޒާމު ގެނެސްފި ނަމަ ރައްޔިތުން ހާލުގައި ޖެހުން ނޫން ކަމެއް ނުވާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރަން އެމްޑީޕީ ޕީޖީ މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވުމުންނެވެ. ނަޝީދު ވިދާޅުވީ މިމަހު ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް އެ މައްސަލަ ހުުށަހަޅަން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ މި ގައުމަށް އެކަށޭނަ ނިޒާމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ މި ހާލަތުގައި ބަރުލަމާނީ ނިޒާމު ގެނެސްފި ނަމަ ސިޔާސީ ހަމަޖެހުން ގެއްލި، އަވަސް އަވަހަށް ސަރުކާރު ބަދަލުވާނެ ކަމަށެވެ. އިމްރާން ވިދާޅުވީ އެ ނިޒާމުގެ ސަބަބުން ރައްުޔިތުން ހާލުގައި ޖެހި، ބައިބައިވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.
https://twitter.com/ShimranAb/status/1559203337140305920
ރައީސް ނަޝީދު ބޭނުުންފުޅުވަނީ އަންނަ ފެބްރުއަރީ މަހު ވެރިކަމުގެ ނިޒާމު ބަދަލުކޮށް އެމަނިކުފާނު ބޮޑުވަޒީރު ކަމަށް ވަޑައިގެންނަވާށެވެ.
މިކަމާއި ގިނަ ސިޔާސީ ފަރާތްތަކުން ދަނީ ދެކޮޅު ހަދަމުންނެވެ. އަދި ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ކޮންމެސް ގޮތެއް ހައްދަވައިން ވެރިކަމަށް އާދެވޭތޯ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް