މިލިއަނުން ނިޒާމު ވޯޓަށް ހަރަދު ކުރުމަށްވުރެ އެ ފައިސާ މަޝްރޫތަކަށް ހަރަދު ކުރުން މުހިންމު: ރާއީ

މިލިއަނުން ހަރަދުކޮށް ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުން މުހިންމު ނޫން ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ. ރާއީ މިހެން ވިދާޅުވީ ވެރިކަމުގެ ނ...

16 Aug 2022 | 03:49

މިލިއަނުން ހަރަދުކޮށް ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުން މުހިންމު ނޫން ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

ރާއީ މިހެން ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރަން އެމްޑީޕީ ޕީޖީ މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވުމުންނެވެ. ނަޝީދު ވިދާޅުވީ މިމަހު ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް އެ މައްސަލަ ހުުށަހަޅަން ނިންމާފައިވާ ކަމަށެވެ.

ރާއީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިލިއަނުން ދިވެހި ދައުލަތުން ހަރަދުކޮށްގެން ރައްޔިތުންގެ ފެންނަ ނުފެން ވޯޓަކަށް ދިއުން ހެޔޮ ނޫން ކަމަށެވެ. އެއަށްވުރެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ގައުމަށާއި ރައްޔިތުންނަށްޓކައި މުޅިރާއްޖޭގައި ހިންގަމުން ގެންދާ ގިނަގުނަތަރައްޤީގެ މަޝްރޫޢު ތަކަށް އެފައިސާ ހަރަދު ކުރުން ރަނގަޅު ކަމަށް ވިދާޅުވި އެވެ.

ރާއީ ވިދާޅުވީ ގައުމަށް ހެޔޮގޮތަކީ މިވަގުތަށް އެއީ ކަމަށެވެ.

https://twitter.com/Mraee12/status/1559085189841965056

ރައީސް ނަޝީދު ބޭނުުންފުޅުވަނީ އަންނަ ފެބްރުއަރީ މަހު ވެރިކަމުގެ ނިޒާމު ބަދަލުކޮށް އެމަނިކުފާނު ބޮޑުވަޒީރު ކަމަށް ވަޑައިގެންނަވާށެވެ.

މިކަމާއި ގިނަ ސިޔާސީ ފަރާތްތަކުން ދަނީ ދެކޮޅު ހަދަމުންނެވެ. އަދި ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ކޮންމެސް ގޮތެއް ހައްދަވައިން ވެރިކަމަށް އާދެވޭތޯ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް