މަޝްހޫރު ފާސްޓްފުޑް ފްރެޗްޗައިސްގެ ތެރޭގައި ހިމެނޭ ޑޮމިނޯސް އިޓަލީ މީހުންނަކަށް ކަމަކު ނުދިޔަ އެވެ.
އިޓަލީގެ ކުންފުންޏެއް ކަމަށްވާ އީ ޕިއްޒާއާއި ގުޅިގެން ޑޯމިނޯސް އިޓަލީގައި ހިންގަން ފެށީ 2015 ވަނަ އަހަރު އެވެ. މިދިޔަ އަހަރާއި ހިސާބަށް ޑޯމިނޯސްގެ 800 އައުޓްލެޓް އިޓަލީގެ އެކި ހިސާބުތަކުގައި ހުޅުވާފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޑޯމިނޯސްގެ އެންމެ ފަހު އައުޓްލެޓުވެސް ބަންދުކޮށް އިޓަލީގައި ކުރި ވިޔަފާރި ހުއްޓާލީ ބޭންކް ކަރަޕްޓްވުމުންކަމަށެވެ.
ޑޯމިނޯސް އަކީ ޕިއްޒާ އާއި ޕާސްތާއަށް ހާއްސަ ދުނިޔޭގެ މަޝްހޫރު އެމެރިކާ ކުންފުންޏެކެވެ. މިފަދަ ބްރޭންޑުތަކުން ދުނިޔޭގެ އެކި ގައުމުތަކުގައި އައުޓްލެޓް ހުޅުވި ނަމަވެސް އެ ގައުމެއްގައި މަޝްހޫރު ފްލޭވާތައް ހިމަނައިގެން ޕިއްޒާ އަދި ބާގާ ފަދަ އުފެއްދުންތައް ތައްޔާރު ކުރެ އެވެ.
އިޓަލީގައި ޑޯމިނޯސްއަށް ނާކާމިޔާބާއި ކުރިމަތިލާން ޖެހުނީ އިޓަލީގެ ރަހަތަކަށް ވުރެ އެމެރިކާގެ ރަހަތަށް ޕްރޮމޯޓުކޮށް އިސްކަން ދޭން ފެށުމުންނެވެ. 2015 ވަނަ އަހަރު ފުރަތަމަ ފެށިއިރު ޑޯމިނޯސްއިން އިޓަލީގެ ރަހަތަކަށް ހާއްސަ ޕިއްޒާ އާއި ޕާސްތާ ތައްޔާރު ކުރި ނަމަވެސް ފަހުން ހަމަ އެކަނި ވިއްކަން ފެށީ އެމެރިކާގައި ސްޓައިލްގެ އެއްޗެހި ކަމަށްވެ އެވެ.
ޑޮމިނޯސްގެ އިތުރު 18،000 އައުޓްލެޓް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް