އެފްވައިއެފްސީ 2022 - މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ޓީމުތައް

ލާމު ފޮނަދޫގައި މިހާރު ފެށިގެން ކުރިޔަށް ދާ " ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް" ގެ ފުރަތަމަ ބުރުގެ މެޗުތައް ނިމި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބުނު ޓީމުތައް މިހާރު މިވަނީ ކަށަވަރުވެފައެވެ. އެގޮތުން...

15 Aug 2022 | 22:54

ލާމު ފޮނަދޫގައި މިހާރު ފެށިގެން ކުރިޔަށް ދާ " ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް" ގެ ފުރަތަމަ ބުރުގެ މެޗުތައް ނިމި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބުނު ޓީމުތައް މިހާރު މިވަނީ ކަށަވަރުވެފައެވެ.

އެގޮތުން މުބާރާތުގައި ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުުރިޔަށް ގެންދިޔަ މި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބޭނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމަށެވެ. އެހެން ކަމުން ޖުމުލަ އަށް ޓީމަށް މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުވެގެން ދާނެއެވެ.

މި ބަލާލަނީ މި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ޓީމުތަކުގެ ތަފްޞީލަށެވެ.

ގުރޫޕް އޭ

މި ގުރޫޕުގައި ވާދަކުރި ހަތަރު ޓީމުގެ ތެރެއިން މުބާރާތުވެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ސިކްސް ސެންސް ލާމާއި ޑީކޭއެންޒެޑް ސްޕޯޓްސް ކުލަބެވެ.

ސިކްސް ސެންސް ލާމުން ކުއާޓާގެ ޖާގަ ހޯދީ ފުރަތަމަ ބުރުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ޖުމުލަ ނުވަ ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޑީކޭއެންޒެޑު ކުއާޓާއަށް ދަތުރުކުރީ ފުރަތަމަ ބުރުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ އަދި އެއް މެޗުން ބަލިވެގެން، ކުމުލަ ހަތަރު ޕޮއިންޓާއި އެކުގައެވެ. މި ގުރޫޕުގެ ތިން ވަނައަށް ދިޔަ ކިއުއެމް ސްޕޯޓްސް އެކަޑަމީއަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ޑީކޭއެންޒެޑަށް ކުރި ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ގުރޫޕު ބީ

ވުރޫޕު ބީ އިން ކުއާޓާ ފައިނަލަށް ދަތުރުކުރީ ކަންމަތި އެސްސީ އާއި އިސްދޫ ކައުންސިލެވެ. ކަންމަތި އެސްސީ ކުއާޓާ އަށް ދަތަުރުކުރީ އެ ޓީމު ފުރަތަމަ ބުރުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ޖުމުލަ ނުވަ ޕޮއިންޓާއިއެކު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި އިސްދޫ ކައުންސިލް ކުޓާއިން ޖާގަ ހޯދީ އެޓީމު ފުރަޔަމަ ބުރުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން ބަލިވެ ޖުމުލަ ހަ ޕޮއިންޓާއި އެކު ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ގުރޫޕު ސީ

މި ގުރޫޕުން ކުއާޓާ ފައިނަލަށް ދަތަުރުކުރީ ލެކްރޯސް އާއި އައުޓްރީފް އެސްސީއެވެ. ލެކްރޯސް ކުއާޓާއިން ޖާގަ ހޯދީ ފުރަތަމަ ބުރުގައި ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ ޖުމުލަ ނުވަ ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި އައުޓްރީފް އެސްސީ ކުއާޓާއިން ޖަގަ ހޯދީ އެޓީމުން ފުރަތަމަ ބުރުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން ބަލިވެ ޖުމުލަ ހަ ޕޮއިންޓާއި އެކު ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ގުރޫޕު ޑީ

މި ގުރޫޕުން ކުއާޓާއަށް ދަތުރު ކުރީ ކަންމަތި އެފްސީ އާއި ނެވަގިވަޕް އެސްސީއެވެ. ކަންމަތި ކުޢާޓާ ފައިނަލުން ޖާގަ ހޯދީ ފުރަތަމަ ބުރުގައި އެޓީމުން ކުޅުނު ތިން މެޗުވެސް ކާމިޔަބުކޮށް ޖުމުލަ ނުވަ ޕޮއިންޓާއި އެކު ގުރޫޕު އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ނެވަގިވަޕް އެސްސީ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ ފުރަތަމ ބުރުގައި އެޓީމުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން ބަލިވެ ޖުމުލަ ހަ ޕޮއިންޓާއި އެކު ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް