ލާމު ފޮނަދޫގައި މިހާރު ކުރިޔަށް ދާ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ " ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2022" ގެ ގުރޫޕް ސްޓޭޖު މެޗުތަކުގެ ކުޅުން ނިމި މުބާރާތުގެ ކުއާޓާ ފަައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރު ވެއްޖެއެވެ.
ގުރޫޕު ސްޓޭޖުވެ އެންމެ ފަހު ހަތަރު މެޗު އިއްޔެއާއި ރޭ ކުޅެފައިވާއިރު، މި މެޗުތަކަށް ފަހު މުބާރާތުގެ ކުއާޓާއަށް ދަތުރުކުރި ޓީމުތައް މިހާރު ވަނީ ކަށަވަރުވެފައެވެ.
އެގޮތުން އިއްޔެއާއި ރޭ ކުޅުނު ގުރޫޕު ސްޓޭޖުގެ ފަހު މެޗުތަކަށް ބަލާއިރު، އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ މުންޑޫ ޒުވާނުންގެ ޖަމްޢިއްޔާއާއި ޔުނައިޓެޑު ކުރިގަމް އެވެ. މި މެޗު 1-7 ގެ ނަތީޖާއިން ކާމިޔާބު ކުރީ މުންޑޫ ޒުވާނުންގެ ޖަމްޢިންނެވެ. މި މެޗުން މޮޅުވި ނަމަވެސް ގުރޫޕު ސްޓޭޖުގައި ދެ މެޗުން ބަލިވެފައި ވުމުން މުންޑޫ ޒުޥާނުންގެ ޖަމްޢިއްޔާ ވަނީ މުބާރާތުން ކަޓާފައެވެ. އަދި އެ ޓީމާއި ދެމޮޅަށް ކުޅުނު ޔުނައިޓެޑު ކުތިގަމަށް ވެސް ވަނީ އެޓީމުން ކުޅުނު ތިން މެޗުން ވެސް ބަލިވެ މުބާރާތުން ކަޓާފައެވެ.
މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ކަންމަތި އެފްސީ އާއި ފިކިއޮސް އެފްސީއެވެ. މި މެޗު 2-3 ގެ ނަތީޖާއިން ކާމިޔާބުކުރީ ކަންމަތި އެފްސީންނެވެ. މި މެ މެޗުން ވި ބައްޔާއެކު ފިލިއޮސް މުބާރާތާއި ވަކިވެގެން ދިޔައިރު ގުރޫޕު ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް ދަތުރުކުރީ ކަންމަތި އެފްސީއެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ލެކްރޯސް އެސްސީ އާއި އައުޓްރީފް އެސްސީއެވެ. މި މެޗު 1-6 ގެ ނަތީޖާއިން ކާމިޔާބު ކުރީ ލެކްރޯސް އެސްސީންނެވެ. މި މެޗުން މޮޅުވި ލެކްރޯސް އެސްސީ ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް ދިޔައިރު، ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް ދިޔައީ މި މެޗުން ބަލިވި އައުޓްރީފް އެސްސީއެވެ.
ރޭގައި ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ އައުަޓްރީފް އެފްސީ އާއި ނެވަގިވަޕް އެސްސީއެވެ. މި މެޗު 0-5 ގެ ނަތީޖާއިން ކާމިޔާބު ކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ނެވަގިވައަޕް އެސްސީންނެވެ. ނެވަގިވްއަޕް އެސްސީ ކުއާޓާ އަށް ދަތުރު ކުރީ ގުރޫޕު ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތަކުގެ ކުޅުން މިރޭ ފަށާގިތައް ވަނީ ހަމަޖެހިފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް