ޕީޕީއެމް ޕީއެންސީ އަކީ އެއްވެސް އިރެއްގައި ރައްޔިތުންގެ މުދަލަށް ގެއްލުންދޭ ބައެއްނޫން ކަމަށް ދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ހީނާ މިހެން ވިދާޅުވީ ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އޮފީހުން ވައްކަން ކުރަނީ އިދިކޮޅުން ފަރާތްތަކުން ކަމަށް ތުހުމަތު ކުރެވޭކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީމަނިކު (މޫކޭ) ވިދާޅުވެ، ކުރެއްވި ޓުވީޓަކާއި ގުޅިގެން ނެވެ.
އެފަދަ ކަމަކަށް ހިތްވަރުދީ ތާއީދު ވެސް ކުރާބައެއް ނޫންކަމަށާއި އެފަދަ ކަންކަން ހިންގުމުގެ މާޒީއެއް އޮތީ މިސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފަ އެވެ. އަދި އެކަން 08 ފެބްރުއަރީ ގައި ރާއްޖޭގެ ހުރިހާ ދިމާލަކުން ފެނިގެންގޮސްފައިވާނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
https://twitter.com/VMookey/status/1427297495156023300
ރޭ ދަންވަރުގެ ވަގުތެއްގައި ފުރާޅުގެ ޓިނު ނައްޓައި، ސީލިންގ ފޫއަޅުވާލައިގެން އާރުޑީސީ އޮފީސް ވަނީ ތިންވަނަ ފަހަރަށް ފަޅާލާ، ވައްކަން ކޮށްފަ އެވެ.
އެގޮތުން މިއަހަރުގެ އޭޕްރީލް މަހުގެތެރޭގައި ވެސް 2 ފަހަރަށް އެ އޮފީސް ފަޅާލާ ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގާފަ އެވެ.
ދޭތެރެ ދޭތެރެއިން އާރުޑީސީ އިން ވައްކަން ކުރުން އާންމުވެފައިވާތީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ ޢަލީ މަނިކަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެ، އޭނާގެ ގާބިލުކަމާއި މެދު އެތައްބަޔަކު އަންނަނީ ސުވާލު އުފައްދަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް