ރާއްޖެއިން ފާއިތުވި 24 ގަޑި އިރު ތެރޭގައި އަތޮޅުތެރެއިން 83 މީހުންނާއެކު މިއަދުވެސް ޕޮޮޒިޓިވް އަދަދު 100 އިން މައްޗަށް އަރައިފި އެވެ.
އެޗްޕީއޭ އިން ބުނީ ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި 152 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އޭގެ ތެރޭގައި އަތޮޅުތަކުން 83 މީހުންނާއި މާލެއިން 29 މީހުން އަދި ރިސޯޓުތަކުން 40 މީހުން ހިމެނޭ ކަމަށް އެ އިދާރާ އިން ބުނެއެވެ.
ފާއިތުވި 24 ގަޑި އިރު 5660 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްގެ ޢަދަދަކީ 1682 އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 17 މީހުންނަށް އަންނަނީ ފަރުވާދެމުން ނެވެ.
މިއާއެކު 79،289 މީހުންނަށް ރާއްޖެއިން ކޮވިޑު ޖެހިފައިވާ އިރު، 77،373 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ.
ކޮވިޑު ޖެހިގެން ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ މަރުވެފަ އެވެ.
https://twitter.com/HPA_MV/status/1427314228982018049
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް