ދިވެހި އިންޝުއަރެންސް ކުންފުނީގެ ހިދުމަތަށް ކާމިޔާބު ފަސް އަހަރު ފާހަގަ ކޮށްފިއެވެ.
އިންޝުއަރެންސް ދާއިރާއިން ކުރި އަރަމުން އަންނަ ދިވެހި އިންޝުއަރެންސް ކުންފުންޏަށް ފަސް އަހަރު ފުރުން ފާހަގަ ކޮށްފިއެވެ.
14 އޯގަސްޓް 2021 ވަނަ ދުވަހު ގެ ރޭ ކުންފުނީގެ މެނޭޖްމެންޓް އަދި މުވައްޒަފުންގެ މެދުގައި ބޭއްވުނު ހަފްލާގައި ވަނީ އެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ ހީވާގި ޒުވާން މުވައްޒަފުންގެ އަގު ވަޒަންކޮށް ހާއްސަ ބޯނަސް އެއްވެސް ހަދިޔާކޮށްފައެވެ. އަދި އެ ކުންފުންޏާ އެކު މިވީ ފަސް އަހަރު މަސައްކަތް ކުރަމުން އަންނަ ބްރޯކާސް ގެ ތެރެއިން "ޓޮޕް 3" ބްރޯކާސް އަށް ވަނީ ހަދާނީ ފިލާ އެއް ދެއްވާފައެވެ.
ދިވެހި އިންޝުއަރަންސް ކުންފުނި އުފެދިފައިވަނީ އެންސިސް ގްރޫޕް އޮފް ކޮމްޕެނީސް އާއި އިންޝުއަރަންސް ދާއިރާގެ ތަޖުރިބާކާރުން ގުޅިގެންނެވެ. ދިވެހި އިންޝުއަރަންސް ކޮމްޕެނީގެ ޗެއާމަން އަބްދުލް ވާހިދް ތައުފީގް އަދި މެނޭޖިންގް ޑިރެކްޓަރ އަހްމަދު އަމީލް ވަނީ މިވީ ފަސް އަހަރު ކުންފުނި ކުރި އަރައިގެން ދިޔަ ގޮތާ މެދު އުފާ ފާޅުކޮށް، އެ ކުރި އެރުމުގެ ބޮޑު ބަޔެއް އަދާ ކޮށްފައިވާ ހީވާގި މުވައްޒަފުން އަދި ކަސްޓަމަރުންގެ އިތުބާރަށް ޝުކުރު އަދާކޮށްފައެވެ.
ދިވެހި އިންޝުއަރެންސްގެ މި ކާމިޔާބާއި ގުޅިގެން އެ ކުންފުންޏާއެކު މަސައްކަތް ކުރަމުން އަންނަ އެންމެ އަގުހުރި ކަސްޓަމަރުން އަދި ޕާޓްނަރުންނަށް ހަދާނީ ފިލާ ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނީގެ ސީނިއަރ މެނޭޖަރ އަހްމަދު ރިނާން ފަރީދް ވިދާޅުވިއެވެ.
ދިވެހި އިންޝުއަރެންސް ކުންފުންޏަށް އިންޝުއަރެންސް ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައި ވަނީ 14 އޯގަސްޓާ 2016 ވަނައަހަރުގައެވެ. ވޭތުވެދިޔަ ފަސް އަހަރު ދިވެހި އިންޝުއަރެންސްއިން ވަނީ އިންޝުއަރެންސް މާކެޓްއަށް ތަފާތު ޕްރޮޑަކްޓްސްތަކެއް ތައާރަފުކޮށް އާމުންގެ މެދުގައި ބޮޑު ތަރުހީބެއް ހޯދާފައެވެ. ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް އަމާޒުކޮށް ވިޔަފާރީގައި ދިމާވާ ދަތިތަށް ހައްލުކުރަން ދިވެހި އިންޝުއަރެންސް އިން ވަނީ ބޮޑެތި މަސައްކަތަކެއް ކޮއްފައެވެ. ދިވެހި އިންޝުއަރެންސްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އިންޝުއަރެންސް ހިދުމަތަކީ ކަސްޓަމަރުންނާއި ރައްޓެހި ދެނެގަންނަން ފަސޭހަ އަދި ކަސްޓަމަރުންގެ ވިޔަފާރިއަށް އަންނަ ބަދަލުތަކަށް ބައްޓަން ކުރެވިގެން ދެވޭ ޒަމާނީ ހިދްމަތްތަކަކަށް ހެދުން.
މި ކުންފުނީގެ ކާމިޔާބީގެ އަސްލަކީ ދިވެހި އިންޝުއަރެންސް ގެ ޗެއާމަން އަބަދުލް ވާހިދް ތައުފީގް ގެ ދުރު ވިސްނުމާއި ތަޖުރިބާ އަދި ހިންގުންތެރިކަމެވެ. ޗެއާމަން ގެ އަމާޒަކީ ރާއްޖޭގެ އިންޝުއަރަންސް އިންޑަސްޓްރީގައި ދިވެހިންގެ ބައިވެރިވުން އިތުރުކޮށް ދިވެހި އިންޝުއަރަންސް މެދުވެރިކޮށް ދިވެހި ޒުވާނުންނަށް މި ރޮގުން ކުރި އެރޭނެ ފުރުސަތުތަކެއް ފަހި ކޮށްދިނުމެވެ. ދިވެހި އިންޝުއަރަންސް ގެ ފަސް ވަަނަ އަހަރު މި ފާހަގަ ކުރަނީ ދިވެހިންގެ ސްޕެޝަލެޓީ އިންޝުއަރާއެއްގެ ގޮތުގައެވެ. ދިވެހިންގެ ދިވެހި ވަންތަ ދިވެހި އިންޝުއަރަންސް މިގޮތުގަ ހިދްމަތް ކުރަމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް