ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗިންގ ސްޓާފް އިޢުލާން ކޮށްފި، ހެޑް ކޯޗަކީ ސުޒައިން

ދިވެހި ގައުމީ ފުޓްބޯޅާ ޓީމުގެ ކޯޗިންގ ސްޓާފް ފުޓްބޯލް އެސޯސިޭޝަން އޮފް މޯލްޑިވްސް (އެފްއޭއއެމް) އިން އިޢުލާން ކޮށްފި އެވެ. ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީު ކުރ...

16 Aug 2021 | 15:37

ދިވެހި ގައުމީ ފުޓްބޯޅާ ޓީމުގެ ކޯޗިންގ ސްޓާފް ފުޓްބޯލް އެސޯސިޭޝަން އޮފް މޯލްޑިވްސް (އެފްއޭއއެމް) އިން އިޢުލާން ކޮށްފި އެވެ.

ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގެ ކޯޗިންގ ސްޓާފުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ހެޑް ކޯޗެއްގެ ގޮތުގައި އަލީ ސުޒޭން ހަމަޖައްސާފައިވާ ކަމަށެވެ.

ސުޒައިން އާ ޓީމު ޙަވާލުކޮށްފައިވަނީ ވަގުތީ ގޮތުން ނެވެ. ނަމަވެސް ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް އިރުޝާދު ދޭނީ އޭނާ އެވެ.

ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗިންގ ސްޓާފުންގެ ތެރޭގައި ދެން ހިމެނެނީ އެސިސްޓެންޓް ކޯޗުގެ ގޮތުގައި އިސްމާއިލް މަހްފޫޒް (އިންމަ) އެވެ. އަދި ގޯލް ކީޕަރުން ތަމްރީނު ކުރުމުގައި ހަރަކާތްތެރި ވާނީ އިމްރާން މުހައްމަދު އަދި އަސްލަމް އަބްދުއްރަހީމެވެ.

ގައުމީ ޓީމުގެ ޑޮކްޓަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ އަބްދުﷲ ރާފިއު އެވެ.

https://twitter.com/bassam_jaleeI/status/1427263900282605576

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް