ޓްރީ ޓޮޕް ހޮސްޕިޓަލުގައި 1000 ވަނަ ކުއްޖާ ވިހެއުން ފާހަގަކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބުކަމާއެކު 1000 ވަނަ ކުއްޖާ ވިހެއުމުގެ ޕްރޮސީޖަރ ފުރިހަމަކޮށްފިއެވެ. އެ ހޮސްޕިޓަލުގައި 1000 ވަނަ ކުއްޖާ ވިހެއުމުގެ ލަނޑުދަނޑި ހާސިލުކުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތު...

16 Aug 2021 | 15:01

ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބުކަމާއެކު 1000 ވަނަ ކުއްޖާ ވިހެއުމުގެ ޕްރޮސީޖަރ ފުރިހަމަކޮށްފިއެވެ.

އެ ހޮސްޕިޓަލުގައި 1000 ވަނަ ކުއްޖާ ވިހެއުމުގެ ލަނޑުދަނޑި ހާސިލުކުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ހޮސްޕިޓަލުގެ މެހެމާނުންނަށް އަމާޒުކުރެވިގެން ބާއްވާ ވަރަށް ހާއްސަ ހަރަކާތްތަކެއް ރޭވިފައިވާކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން އޮބްޓެޓްރިކްސް އަދި ގައިނެކޮލޮޖީ ނުވަތަ ވިހެއުމާއި އަންހެނުންގެ ހާއްސަ ހިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތް ކުރަނީ އަންހެނުންގެ ސިއްހަތު އަދި ދަރިމައިވުމުގެ ސިއްހީ ކަންކަން އެންމެ ފެންވަރު ރަނގަޅު ގޮތެއްގައި އޮގާތެރިކަމާއިއެކު ފޯރުކޮށްދިނުމަށެވެ.

މިގޮތުން އަންހެނުންނަށް ހާއްސަ ހެލްތް ސްކްރީނިންގ ޕްރޮގްރާމް ތަކާއި ވިހެއުމުގެ ހާއްސަ ޕެކޭޖްތައް ޓްރީ ޓޮޕް ހޮސްޕިޓަލުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި މި ފްރޮގްރާމުތަކުގެ ދަށުން ވެހެއުމުގެ ކަންތައްތައް ފަސޭހަކަމާއެކު ހަމަޖައްސައި ދުރާލައި ތަފާތު ތުހުލީލުތައް ހަދައި ޑޮކްޓަރުގެ ލަފާގެ މަތީން އެންމެ ޒަމާނީ މަތީ ފެންވަރުގެ ފަރުވާ ދަނީ ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުންވެސް މަންމައާއި ކުޑަދަރިފުޅުގެ ސިއްހަތުގެ ހާއްސަ ހިދުމަތް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ އެންމެ ފުރަތަމަ ޗައިލްޑް ނިއުޓްރިޝަން ކްލިނިކް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވަނީ ވަރަށް ފަހުން ހުޅުވާފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

އިތުރު މަޢުލޫމާތު ހެއްދެވުމަށް 3351610 ގުޅުއްވާ ނުވަތަ[email protected]  އަށް އީމެއިލް ކުރެއްވުން ޓްރީޓޮޕް ހޮސްޕިޓަލުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް